ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 11:50
ފުލުހުން ސަރަހައްދެއް ބަންދުކޮށްފައި
ފުލުހުން ސަރަހައްދެއް ބަންދުކޮށްފައި
ރާއްޖެ އެމްވީ
ގްރޫޕް މާރާމާރީ
މާލެއާއި ގަމުގައި ރޭ ހިންގި މާރާމާރީގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ
މާލޭގައި މާރާމާރީ ހިންގާފައިވަނީ ދެ ގުރޫޕަކުން
ލ.ގަމުގައި ހިނގި މާރާމާރީގައި ވަނީ ތިން މީހެއްގެ ގަޔަށް ވަޅިހަރާފައި

މާލެއާއި ގަމުގައި ހޮނިހިރު ދުވަހު ހިންގި މާރާމާރީގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި މާރާމާރީ ހިންގާފައިވަނީ ދެ ގުރޫޕަކުންނެވެ. 

އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި ހިންގައިފައިވާ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މާރާމާރީގައި ބޮޑެތި ވަޅިއާއި ކޯރާޑި ފަދަތަކެތި ގެންގުޅޭތަން  ފެނެއެވެ. 

ހޮނިހިރު ދުވަހު ހިންގާފައިވާ ދެވަނަ މާރާމާރީ އަކީ  ލ. ގަމުގައި ހިންގައިފައިވާ މާރާމާރީއެކެވެ. އެ މާރާމާރީގައި ތިން މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމް ކޮށްލާފައި ވަނީ  ރޭ ދަންވަރު 3:45 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް