ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 11:10
އެމްޑީޕީގެ 165 ވަނަ ގައުމީ މަޖިލީހުގައި އިބޫ އާއި ޝިފާޒު
އެމްޑީޕީގެ 165 ވަނަ ގައުމީ މަޖިލީހުގައި އިބޫ އާއި ޝިފާޒު
މުހައްމަދު ޝަރުހާން
އެމްޑީޕީ ގައުމީ މަޖިލިސް
ސަރުކާރުން ވަގަށް ނެގި ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ގޮތުގެ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް
އެ ގަރާރު ހުށަހަޅާފައި ވަނީ ޝިފާޒު
ގައުމީ މަޖިލީހުގައި އިބޫ ވެސް ބައިވެރިވެވަޑައިގެންނެވި
ގައުމީ މަޖިލީހުގައި 51 މެމްބަރުން ތިއްބެވި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާ އާއި މުދާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ސެންޓްރަލް ހޮޓެލްގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޝިފާޒު ހުށަހެޅުއްވި ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ގައުމީ މަޖިލީހުގެ 51 މެމްބަރުން ބައިވެރިވި ބައްދަލުވުމަށް ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރެއްވުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ ފައިސާ އާއި މުދާ ހޯދުން ހިމެނޭ ކަމަށެވެ. އަދި އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ތަޖުރިބާކާރުން ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމަށްޓަކާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ އެ މަސައްކަތް ހަވާލު ކުރަން ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.

"ދިވެހިރާއްޖެ އާއި ދިވެހިރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާ އާއިމުދާ ބަންޑާރަ ނައިބު މެދުވެރިކޮށް، ހޯދައި ދައުލަތަށް އެ ފައިސާ އާއި މުދާ ރުޖޫއަ ކުރުމުގެ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެއްޓެވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އެ މައްސަކަތް ކުރާނެ ފަންނީ ތަޖުރިބާކާރު ފަރާތްތައް ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ދިވެހިރައްޔިތުންގެ ޑިކޮމްރެކްޓިކް ޕާޓީގެ ޗެއާޕާސަން އާއި ހަވާލުކޮށް،" ޝިފާޒު ހުށަހެޅުއްވި ގަރާރުގައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ރައްޔިތުންގެ މަންފާއަށާއި ލާބައަށް ބޭނުން ކުރުމަށް ވެސް ޝިފާޒު ހުށަހެޅުއްވި ގަރާރުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
26 އޯގަސްޓް 2018 | އާދީއްތަ 07:17
ހ މ ޒ
ދެން އޮތް ސުވާލަކީ ރައީސް ނަޝީދުގެ ތާއީދު ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަރަން އޮތް ކަމަށް ރައީސް ނަޝީދު ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައީސް ނަޝީދު ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަރަން ތާއިދު ކުރާކަން ހާމަކުރުމުން އެކަމުގެ ސިޔާސީ ގެއްލުން ލިބޭނެކަން އެނގޭ އިރު ވެސް އެކަމަށް ތާއިދު ކުރައްވަނީ ކީއްވެ ހެއްޔެވެ؟
26 އޯގަސްޓް 2018 | އާދީއްތަ 07:15
ހ މ ޒ
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅުން ދިން ހުރިހާ ހަމަލާއަކުން ސަލާމަތްވެ ވަޑައިގެން ރައީސް ޔާމީން ވެރިކަމުގައި ދެމިހުންނެވީތީ މިހާރު ރައީސް ޔާމީންގެ ވެރިކަން ވައްޓާލެވެން އޮތް ގޮތަކީ ބޭރުގެ އަސްކަރީ ބާރެއްގެ އެހީ ހޯދުންކަން މީގެ ކުރިން ވެސް ނަޝީދު ގަބޫލު ކުރެއްވެވިއެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖެ އަރަން ފާޅުގައި ގޮވާލައްވާފައެވެ. އެހެންކަމުން ސުބްރަވީން އާއި ނަޝީދާއި ދެމެދު ވެސް މަޝްވަރާ ކުރެވިފައި ވާނީ އެމަގަށް ކަންތައްތައް ގެންދިއުމަށް ކަމަށް ގަބޫލު ކުރެވެއެވެ.
26 އޯގަސްޓް 2018 | އާދީއްތަ 07:12
ހ މ ޒ
ނަޝީދުގެ ސަބަބުން އިދިކޮޅަށް ނުރައްކާ؟
26 އޯގަސްޓް 2018 | އާދީއްތަ 07:10
ހ މ ޒ
ނަޝީދޫ މަނިކުފާން ކިހިނެތްވެގެންތޯ ތިޔަ އުޅުއްވަނީ އަޅެ އިރާދައިގާނެތް ކަމެއް ކުރަން ތިޔަކުރާ މަސައްކަތް މިހާރު ހުއްޓާލުމަށް ފަހު ޖަލު ހުކުމް ތަންފީޒު ކުރައްވަން ވަޑައި ގަންނަވާ!
26 އޯގަސްޓް 2018 | އާދީއްތަ 07:08
ހ މ ޒ
އިންޑިއާއިން ރާއްޖެ ހިފަން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެންބަރު ސްބްރަމާނިއަން ސްވާމީ ގޮވާލެއްވި ގޮވާލެއްވުމަކީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެއެވެ.