ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 11:30
ޝެއިޚް އިލްޔާސް ހުސައިން
ޝެއިޚް އިލްޔާސް ހުސައިން
ގޫގުލް
ރިޔާސީ ރޭސް 2018
ޝަހީމަށް ޝެއިޚް އިލްޔާސްގެ ރައްދު: ޚުތުބާގެ މައްސަލާގައި މިސަރުކާރުން ހުއްދަ ބާތިލް ކުރި
އިލްޔާސްގެ ޓްވީޓް ވަކި ބޭފުޅަކަށް ނިސްބަތް ކުރައްވައިފައެއް ނެތް
މި ސަރުކާރުން އިލްމުވެރިންނަށް އަނިޔާ ނުކުރާ ކަމަށް ބުނާ ވާހަކައިގެ ތެދު ހަގީގަތް ރައްޔިތުން ބެލުމަށް އެދިވަޑައިގެންނެވި

ދީނީ ފަތުވާއެއް ދީގެން މިސަރުކާރު އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގޯނާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް އަދި ދީނީ  އިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނަށް ޝެއިޚް އިލްޔާސް ހުސައިން ރައްދު ދެއްވައިފިއެވެ.

ޝެއިޚް އިލްޔާސް ކުރެެއްވި ޓްވީޓުގައި މި ސަރުކާރުން އިލްމުވެރިންނަށް އަނިޔާ ނުކުރާ ކަމަށް ބުނާ ވާހަކައިގެ ތެދު ހަގީގަތް ރައްޔިތުން ބަލައި، ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ޓްވީޓުގައި ވަނީ ދީނީ ފަތުވާ ދިނުމުގެ ހުއްދަ 2016 ބާތިލް ކުރިކަން އެންގި ސިޓީގެ ފޮޓޯއެއް ހިމަނުއްވާފައެވެ.                       

އިސްލާމިކް މިނިސްޓްރީން ޝެއިޚް އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލް ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު އަމިއްލަ ފުޅަށް އައްޑޫސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ. ހުއްދަ ބާތިލް ކޮށްފައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަވާއިދާ ޚިލާފަށް އައްޑޫގައި ޚުތުބާއެއް ދެއްވި ކަމަށް ބުނެ އެވެ. އެދުވަހު ދެއްވި ޚުތުބާގައި އިލްޔާސް ވަނީ ﷲގެ ހުކުމްފުޅުތަކާއި ހިލާފްވެ، މުންކަރާތްތަކަށް އަރައިގަންނަނަމަ އެބައެއްގެ ތެރޭގައި މުސީބާތްތައް އާއްމުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށް ވިދާޅުވެފައެވެ. 

ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ޝަހީމް ވިދާޅުވީ ދީނީ ފަތުވާއެއް ދީގެން މިސަރުކާރުން އެއްވެސް ޢިލްމުވެރިއަކަށް ގޯނާއެއް ނުކުރާ ކަމަށާއި ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދައިދިނީ މިސަރުކާރުން ކަމުގައެވެ.             

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް