ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 10:48
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކެމްޕެއިނަށް ފައިސަލް ށ.އަތޮޅުގެ ރަށްތަކަށް
11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގމޭޓް ފައިސަލް ނަސީމް ށ.އަތޮޅުގެ ރަށްތަކަށް ފުރާ ވަޑައިގެންފި އެވެ.  

މި ދަތުރުގައި 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން އާދިއްތަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ ކަނޑިތީމަށާއި ގޮއިދޫ އަށާއި ނޫމަރާއަށާއި ބިލެތްފަހީގެ އިތުރުން މިލަންދޫއަށެވެ. އަދި މިލަންދޫގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ ނަރުދޫ އަށާއި ފީވަކާއި ފޯކައިދޫ އާއި މާއުނގޫދޫ އަށާއި ފުނަދޫގެ އިތުރުން ކޮމަންޑޫ އަށެވެ.      

ކޮންމެ ރަށަކަށް ވަޑައިގެން ވެސް އެރަށެއްގައި ތިބި ސަޕޯޓަރުންނާއި ފައިސަލް ބައްދަލު ކުރައްވާނެ އެވެ. އަދި ބައެއް އާންމުންގެ ގެތަކަށްވަޑައިގެން އެމީހުން ހާލު ބައްލަވާނެއެވެ.  

ކޯލިޝަނު ރިޔާސީ ކެންޑިޑޭޓް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް މިހާތަނަށް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ.                                                         

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް