ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 18:11
ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދަނީ
ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރީރަޖިސްޓްރޭޝަންގެ ފުރިހަމަ ލިސްޓު މާދަމާ އިއުލާނު ކުރަނީ
ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައި
ދެ ލައްކަ ފަސް ދޮޅަސް ދެހާސް މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ

ރީރަޖިސްޓްރޭޝަނަށް ޝަކުވާ ހުށަހެޅުމަށް 27 އޯގަސްޓުން 29 އޯގަސްޓަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރީރަޖިސްޓަރ ކުރި ހުރިހާ ފަރާތްތަކަށް ޝަކުވާ ހެށަހެޅުމަށް ހުޅުވާލާނީ 27 އޯގަސްޓުން ފެށިގެން ތިންދުވަސް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ސިނާއީ ރަށްރަށާއި ރިސޯޓްތަކައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާ ތަންތަނުގެ މައުލޫމާތު ހާމަކޮށްފައެވެ.މީގެ އިތުރަށް ފުރިހަމަ ލިސްޓު ހާމަކުރި ކަމުގައިވީ ނަމަވެސް މައުލޫމާތު ސައްހަނޫން ކަމަށް ބުނެ 5000 ވުރެ ގިނަ މީހުންގެ މައުލޫމާތު ސައްހަ ނޫން ކަން އެފަރާތްތަކަށްވަނީ އަންގާފައެވެ. ފުރިހަމަ ލިސްޓު ހާމަކުރާއިރު އެމީހުންގެ މައުލޫމާތުތަކެއްވެސް ނުހުންނާނެ ކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ. އިންތިހާބުގެ ވޯޓު ފޮއްޓާއި، ވޯޓިން ބޫތުތައް ރަށްރަށަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ. ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް