ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 13:45
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓުލާ މީހުންގެ މައުލޫމާތު ލިބޭ ގޮތް ބެލެމަށް، ޕީޕީއެމްގެ ކެމްޕެއިން އޮފީސް ބަލާ ފާސްކުރަންޖެހޭ: މާރިޔާ
ވޯޓަރސް ލިސްޓް އާންމުކުރަން އިލެކްޝަން ކޮމިޝަނަން ގޮވާލަން
5626 ފޯމް ބާތިލްކޮށްފައި ވަނީ ގާނޫނާއި ހިލާފަށް

ވޯޓުލާ މީހުންގެ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބޭ ގޮތް ބެލުމަށް ފުލުހުން އެ އޮފީސް ބަލާ ފާސްކުރަންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދާކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބަދައްލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ވޯޓްލާ މީހުންގެ ޒާތީ މައުލޫމާތު ރައީސް ޔާމީންގެ އޮފީހަށް ލިބޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދާ ހަމައަށް އައިރު ވެސް، ވޯޓަރސް ލިސްޓް ހާމަކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަން ހުށަހަޅާ ފޯމުތަކުގެ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބޭ ގޮތެއް ފުލުހުން ބަލަންޖެހޭ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރީރަޖިސްޓްރޭޝަންގެ އެއްވެސް ފޯމެއް ފިންގަރޕްރިންޓު މައްސަލަ ނުވަތަ އެހެން މައްސަލައަކާއި ގުޅިގެންވެސް ބާތިލްނުކުރެވޭނެ ކަމަށެވެ. ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 5626 ފޯމް ބާތިލްކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ވޯޓު ލުމަކީ ފަރުދީ ހައްގެއް، އެއީ ދައުލަތުގެ ޙައްގެއް ނޫން، ވޯޓުލާން ހައްގު ލިބެނީ އެމީހާއަށް، އެމީހަކު ޝަކުވާ ނުކުރާހާ ހިނދު، އެމީހަކު ލީ ފޯމެއް ނޫނޭ، ނުވަތަ އެމީހާގެ ފޯމު އެމީހާ ލީ ފޯމުތޯ ޗެކްކުރަން ގުޅޭނެ ނަންބަރުތަކާއި އެއްޗެހި، ހޯއްދަވާ ހެކިން ތިބެ، މި ހުރިހާ ގޮތަކަށް އޮންނަ އިރު، ފުރަތަމައިނުންވެސް މީހާގެ ފޯމުގެ ފިންގަރޕްރިންޓް މައްސަލަ އެބައުޅެއޭ ކިޔާފަ ބާތިލް ކުރުމަކީ އިލެކްޝަންސް ކޮމިޝަނަން  ލިބިފައިވާ ބާރެއް ނޫން، ގާނޫނީ ގޮތަކުން އެމީހުންނަކަށް ނުލިބޭނެ،" މާރިޔާ ވިދާޅުވިއެވެ.

އީސީން ބުނީ ބާތިލްކުރި ފޯމުތައް ރައްދުވާ މީހުން އަލުން ރަޖިސްޓަރީވުމަށް ފޯމު ހުށަހަޅަންޖެހޭނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކޮށް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށް އީސީން ބުންޏެވެ. ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ބާތިލުކޮށްފައި ވަނީ 5،626 ފޯމެވެ. ފޯމުތަކެއް ބާތިލުކޮށްފައިވާއިރު، ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ނުވާ މީހުން ވެސް ރާއްޖެއިން ބޭރަށާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށަށް ރީރަޖިސްޓްރީކުރި މައްސަލަ ވަނީ ބޮޑުވެފައެވެ. ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތު ބަންދުވިތާ 13 ދުވަސްވީއިރު ވެސް އެ މަސައްކަތް އެ ކޮމިޝަނަށް އެއްކޮށް ނިންމާލެވޭ ގޮތެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް