ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 09:08
ޑރ. ޖަމީލު ރައީސް ޔާމިންއާ އެކު
ޑރ. ޖަމީލު ރައީސް ޔާމިންއާ އެކު
ގޫގުލް
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމިނަށް ވެރިކަން ފޭރިގަތުމުގެ ފުރުސަތު ނުލިބޭނެ: ޑރ. ޖަމީލު
މިއަހަރުގެ ރިޔާސީ އިންތިޚާބު ގަޑުބަޑު ކުރިއަސް ކާމިޔާބީއެއް ނުލިބޭނެ

ވެރިކަން ފޭރިގަތުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ނުލިބޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ރައީސް ޔާމިން އެންގިވި ގޮތަކަށް އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ މިދަނޑިވަޅުގައި ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބްތައް ވެސް އެނބުރޭނެ ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގިނަ އަދަދެއްގެ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމްތައް ބާތިލްކުރުމަކީ ވޯޓުން ވައްކަންކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމާ އެކު ރޭވިގެން ހިނގަމުންދާ ޖަރީމާއެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ގަޑުބަޑު ކުރިއަސް ކާމިޔާބު ނުލިބޭނެ ކަމަށާއި، ރައީސް ޔާމިނަށް ވެރިކަން ފޭރިގަތުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

 

ރިޔާސީ އިންތިޚާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުން މިސަރުކާރުގެ ފުރަތަމަ ޑރ. ޖަމީލް ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ 6000 ވަރަކަށް މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމް އެކޮމިޝަން ބާތިލް ކުރުމާ ގުޅިގެންނެވެ.

މީގެ ތެރޭގައި ރީ-ރަޖިސްޓްރީވެފައިވާކަން ކުރިން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ މީހުންނާއި، ރީ ރަޖިސްޓްރީވުމަށް މިފަހަރު ފޯމް ހުށައަޅާފައި ވެސް ނުވާ މީހުން ހިމެނެއެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދޭއިރު މިތިން ދުވަހު ރީ-ރަޖިސްޓްރީ ނުކުރެއްވިއްޖެ ނަމަ ވޯޓުލާންދާން ޖެހޭނީ އިލެކްޝަނުން ރަޖިސްޓްރީވެފައިވާ ކަމަށް ބުނާ ތަނަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް