ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 23:20
ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ
ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންއާ ދެކޮޅަށް ވާދަކުރަނީ ދިވެހި ރައްޔިތުން: ޑރ ހުސެއިން
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނާއި ކުރިމަތިވާ އިމްތިހާނެއް
ރައީސް ޔާމިނަށް 30 ދުވަސް ފަހުން ރައްޔިތުންގެ މައްޗަށް ހުކުމް ނީއްވޭނެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންއާ ދެކޮޅަށް ވާދަކުރަނީ ދިވެހި ރައްޔިތުން ކަމަށް ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ.ދުވާފަރުގައި ބޭއްވާ ޖަލްސާގައި ޑރ ހުސެއިން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނާއި ކުރިމަތިވާ އިމްތިހާނެއް ކަމަށާއި، މިއިމްތިހާނުން ރައްޔިތުން ފާސްވާންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ހައްގު ބަސް ބުނަން ކެރޭކަން މިއިންތިޚާބުން ރައީސް ޔާމިނަށް ސާބިތުކޮށްދޭން ޖެހޭ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ޑރ ހުސެއިން ވިދާޅުވީ 30 ދުވަސް ފަހުން މުޅި ރާއްޖޭން ރައީސް ޔާމިނަށް ނޫނެކޭ ބުނުމުން އެމަނިކުފާނަށް ކުރިމަތިވަޑައިގަންނަވާނެ ކަންކަން އެގިވަޑައިގަންނަވާނެ ކަމަށާއި، 30 ދުވަސް ފަހުން ރައްޔިތުންގެ މައްޗަށް ހުކުމް ނީއްވޭނެ ކަމަށެވެ.

ކާމިޔާބީއާއި، ރައްޔިތުންގެ ލޯބި ލިބެނީއެއް ވަކި އާއިލާއަކަށް އުފަންވުމުން ނޫންކަން ފާހަގަކުރައްވައި ޑރ ހުސެއިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ ލީޑަރެއް ކަމެށެވެ. އަދި އެއީ ރައްޔިތުންގެ ކެންޑިޑޭޓް ކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރައްވަން ޖެހޭނީ ރައްޔިތުންނާއި ކަމަށެވެ.

މީގެ އިތުރުން ޑރ ހުސެއިން ވިދާޅުވީ އިންތިޚާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެކަމަކު އެފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ. އަދި ރީރަޖިސްޓްރޭޝަން އޮޅުވާލާ ރައްޔިތުންނަށް ލިބިފައިވާ ވޯޓްގެ ހައްގު ނިގުޅައިގަަންނަން މަސައްކަތްކުރި ނަމަވެސް، ކަންނެެލި ދޯނިތަކުގަައި ފުރައިގެންގޮސްގެން ނަމަވެސް ރައްޔިތުން ވޯޓް ލާނެ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނަކީ ރައީސް ޔާމިން ހިޔާރުކޮށްފައި ގޮޑީގައި ބާތިއްބާފައި ތިބި ކުދިންކޮޅެއް. މިކުދިން ކޮޅު ކަންތައް ކުރައްވަނީ ސީދާ ރައީސް ޔާމިންގެ އޯޑަރަށް. ރައީސް ޔާމިންތިއުޅެނީ ކިހިނެތް ހަދަންހޭ. ނަމަނަމަ އިންތިޚާބު އޮޅުވާލަން މަސައްކަތް ނުކުރައްވައްޗޭ. ދިވެހި ރައްޔިތުން އެކަން ކުރުމަށް ފުރުސަތެއްނުދޭނޭ" ޑރ ހުސެއިން ވިދާޅުވިއެވެ.

އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާއިރު އިލެކްޝަން ކޮމިޝަނުން މިރާއްޖޭގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ބުނާ ދެލައްކަ ފަސްދޮޅަސްހާސް މީހުންގެ ވޯޓުލާ ލިސްޓު އާންމު ނުކުރާތީ ޑރ ހުސެއިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް