ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 21:19
އަބުރުފުޅު ފަންޑަށް އެހީވުމަށް ޒުވާނުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
އަބުރުފުޅު ފަންޑަށް އެހީވުމަށް ޒުވާނުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
އަބުރުފުޅު ފަންޑު
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ރާއްޓެޓީވީ މިވުޖޫދުން ފުލެހުމަށް މިސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރުމުގެ ފުރުސަތު ނުދޭނަން
މިއަދުގެ މިހަރަކާތުގައި ގިނަ ބަޔަކު ވަނީ ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފައި

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެމިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން އެފައިސާ ދެއްކުމަށް އެހީތެރިވެދިނުމަށް ޒުވާނުންގެ ޓީމަކުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ބާޒާރުމަތީގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އާންމުންގެ ގިނަ ބަޔަކު ވަނީ ރާއްޖެޓީވީގެ ފަންޑު ފޮއްޓަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރާއްޖެޓީވީގެ ޓީޝާޓު ވެސް ގިނަ ބަޔަކު ވަނީ ގަނެފައެވެ.

ޒުވާނުންގެ މިޓީމްގައި އިސްކޮށް ހަރަކާތެރިވާ އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ މިއީ ޒުވާނުންގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ތޫބާ ވިދާޅުވީ ރާއްޖެޓީވީ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖެޓީވީގެ ސަބަބުން އެތައް ކަމެއް ރައްޔިތުންނާއި ހަމައަށް ތިލަވެގެން އަންނަ ކަމަށެވެ. މިސަރުކާރުގެ ބޭނުމަކީ ރާއްޖެޓީވީ މިވުޖޫދުން ފުލެހުން ކަމަށާއި، އެކަން ކާމިޔާބު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ތޫބާ ވިދާޅުވިއެވެ.

"އެހެންވެގެން ރާއްޖެޓީވީއަށް ތިބޭފުޅުން ކުރައްވާ މަސައްކަތަށް ހިތްވަރު ދިނުމާއި މިފަދަ ނޭއްގާނީ އަމަލުތައް ކުށްވެރިކޮށް މިކަންކަމާއި ދެކޮޅަށް ތިބިކަން ހާމަކުރުމަށް ކުރާ މަސައްކަތެއް މިއީ" ތޫބާ ވިދާޅުވިއެވެ.

ތޫބާ ވިދާޅުވީ ހުކުރު ދުވަހު ހަވީރު ބާޒާރުމަތިން ފެށި މިހަރަކާތަށް ވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، މިއަދު އެކަނި ލިބުނު ތަރުހީބުން ވެސް ރައްޔިތުން ރާއްޖެޓީވީ ދެކެ ލޯބިވާ މިންވަރު ހާމަވާ ކަމަށެވެ.

"ޒުވާނުން މީގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާއިރު އިސްލާހީ ހަރަކާތުގައި، ރީރަޖިސްޓްރޭޝަން ކަންތަކުގައި ވެސް އަޅުގަނޑުމެން ފުދޭ ވަރަކަށް ހަރަކާތްތެރިވަމުން އައި ބައެއް. އަނެއްކާ ކުއްލިއަކަށް ރޭގައި ރީރަޖިސްޓްރޭޝަންގެ ވަރަށް ބޮޑު އަދަދެއް ކެންސަލް ކޮށްލާފައި. އެހެންވީމަ އަޅުގަނޑުމެން ތެރޭގެ ޒުވާނުން އެކަމުގެ ތެރޭގައި ވެސް ހަރަކާތްތެރިވޭ. ވަގުތު ލިބޭ ވަރަކުން އަޅުގަނޑުމެން ގަސްތުކުރަން ހަމަ މިކަމުގައި މަސައްކަތް ކޮށްދޭން." ތޫބާ ވިދާޅުވިއެވެ.

ތޫބާ ވިދާޅުވީ ރާއްޖެޓީވީއަށް އެހީތެރިވުމުގެ ގޮތުން އިތުރު ހަރަކާތްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ. މިސަރުކާރުން ހިންގާ ނޭއްގާނީ އަމަލުތަކަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ ވީހައި ވެސް ގިނަ ރައްޔިތުން އެހީތެރިވެދިނުމަށް ތޫބާ ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް