ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 19:27
ޖަޒީރާ ސައިކަލް ބުރުގެ ނަމުގައި ގުޅިފައިވާ ޕާޓީތަކުން ގަމުގައި ކުރިއަށްގެންދިޔަ ސައިކަލް ބުރުގެ ތެރެއިން
ޖަޒީރާ ސައިކަލް ބުރުގެ ނަމުގައި ގުޅިފައިވާ ޕާޓީތަކުން ގަމުގައި ކުރިއަށްގެންދިޔަ ސައިކަލް ބުރުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޝަހީމް ވަޑައިގެންނެވި ވަގުތު، ގަމުން އިބޫއަށް އޮތް ތާއިދު ދައްކާލައިފި
ތުނޑީ ބަނދަރު ސަރަހައްދުން ފެށި ސައިކަލް ބުރު ނިންމާލާފައި ވަނީ ފޮނަދޫ ބަނދަރު ސަރަހައްދުން
އިސްކަންދަރު ވައިގެ ބަނދަރުން ޝަހީމަށް ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މަރުޙަބާ ދަންނަވާފަ
ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވޭ

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހައްދުންމަތީ ގަމަށް ވަޑައިގަތުމުން އެރަށުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއިދު ދައްކަލާއިފިއެވެ.

ޑރ ޝަހީމް ހައްދުންމައްޗަށް ކުރައްވާ ކެމްޕެން ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެންނެވީ ހުކުރު ދުވަހު ހަވީރުގައެވެ. އިސްކަންދަރު އެއާޕޯޓުން ގަން ފޮނަދޫ ޕީޕީއެމްއަށް ތާއިދު ކުރާ ރައްޔިތުން އެމަނިކުފާނަން މަރުޙަބާ ދެންނަވާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ އާންމު ރައްޔިތުން ވަނީ ގަމު ލިންކުރޯޑުގައި "ޖަޒީރާ ސައިކަލް" ބުރުގެ ނަމުގައި ސައިކަލް ބުރެއްޖަހާފައެވެ.

ޝަހީމް ގަމަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އެމަނިކުފާނަން މަރުޙަބާ ދަންނަވަނީ

ތުނޑީ ބަނދަރު ސަރަހައްދުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފެށި ސައިކަލް ބުރު ނިންމާލާފައި ވަނީ ފޮނަދޫ ބަނދަރު ސަރަހައްދަށެވެ. ގަން ފޮނަދޫގެ ރައްޔިތުން ބައިވެރި މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެ. އަދި އެއީ މި އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ޖެހި ސައިކަލް ބުރުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ސައިކަލް ބުރުކަން ފާހަގަކޮށްލެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަމުގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރުގެ ތެރެއިން

ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިބޫ ލ. އަތޮޅު ގަމަށް ވަޑައިގަތުމުން އެމަނިކުފާނަން މަރުޙަބާ ދެންނެވުމުގެ ގޮތުން ގަމުގެ ތިން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވެ އެވެ. އަދި އެ ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަމުގައި ބޭއްވި ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް