ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 21:39
އިންތިހާބެއްގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ދަނީ
އިންތިހާބެއްގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ދަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރީރެޖިސްޓަރކުރި ބައެއް ފަރާތްތަކުގެ ފޯމް ބާތިލުކޮށް އަލުން ރީރެޖިސްޓަރ ވާން އަންގައިފި!
ފޯމް ބާތިލު ކޮށްފައިވާކަން މެސެޖެއް މެދުވެރިކޮށް ވަނީ އަންގާފައި
ގާތްގަނޑަކަށް 5000 އާއި 6000 ދެމެދު މީހުންގެ ފޯމްގެ ސައްޚަކަން ކަށަވަރުވެފައި ނުވޭ
ފިންގަރޕްރިންޓް ކަށަވަރުކުރުމަށް ފުލުހުންނަށް ފޮނުވި ފަރާތްތަކުގެ ފޯމް ވެސް ހިމެނޭ

ވޯޓްލާން އޮތް ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓަރވެފައި ތިބި ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ފޯމް ބާތިލުކޮށްފިއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަރާތްތައް ރީރެޖިސްޓަރ ކުރަން ލި ފޯމްތަކުގެ ސައްޚަކަން ކަށަވަރު ނުވާ ކަމަށް ބުނެ ފޯމް ބާތިލު ކޮށްފައިވާކަން މެސެޖެއް މެދުވެރިކޮށް އަންގާފައެވެ. ހަމައެހެންމެ 29 އޮގަސްޓް ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން އަލުން ރީރެޖިސްޓަރ ކުރުމަށް އީސީއިން ވަނީ އެފަރާތްތަކުގެ ކިބައިން އެދިފައެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ، އެކިއެކި ސަބަބުތަކާއި ގުޅިގެން ފޯމްގެ ސައްޚަކަން ކަށަވަރުނުވާ ފަރާތްތަކަށް ރީރެޖިސްޓަރ ނުވާކަން އަންގައި މެސެޖް ފޮނުވަމުންދާ ކަމަށެވެ. މި ފަރާތްތަކުގެ ތެރޭގައި ރީރެޖިސްޓަރ ކުރަން އެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ފިންގަރޕްރިންޓް ކަށަވަރުކުރުމަށް ފުލުހުންނަށް ފޮނުވި ފަރާތްތަކުގެ ފޯމް ވެސް ހިމެނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 5000 އާއި 6000 ދެމެދުގެ ފަރާތްތަކުގެ ފޯމްގެ ސައްޚަކަން ކަށަވަރުވެފައި ނުވާތީ މެސެޖް ފޮނުވަމުންދާ ކަމަށް އީސީއިން ބުނެފައިވެއެވެ. އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން އަލުން ރީރެޖިސްޓަރ ވާން ހުޅުވާލާނެ ކަމަށެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރީރެޖިސްޓަރ ކުރަން ހުށަނާޅާ ބައެއް ފަރާތްތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި މެސެޖް ފޮނުވާފައެވެ. 

ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ އިލެކްޝަންސް ކޮމިޝަނުން މިފަދަ މެސެޖުތަކެއް ކުރަމުންދާތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އީސީއިން ރާވައިގެން ހިންގާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް