ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 22:15
ބުލީކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް
ބުލީކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް
ޓްވިޓަރ
ބުލީކުރުން
ބުލީ ކުރާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ފުލުހުން މައްސަލަ ބަލަންފަށައިފި
ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު

އަންހެން ކުއްޖެއްގެ ގައިގައި ޖަހާ ބުލީ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ބުރާސްފަތި ދުވަހު އާންމުވި ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއް ގޮވާގެން ވަކި ހިސާބަކަށްދާތަނެއެވެ. އެއަށްފަހު މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދައެވެ. ނަމަވެސް އެކުދިންގެ މެދުގައި މައްސަލަ ޖެހުނު ސަބަބު ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

ބުލީކުރާ މިވީޑިއޯ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ފުލުހުން ބުނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. ވީޑިއޯއިން ފެނިގެން ދަނީ ކުޑަކުދިންތަކެއް ކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރުކޮށް ނުކޮށްދޭއިރު އާންމުގެ ގިނަ ބަޔަކު ދަނީ އެއީ 18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް ކަމަށް ބުނަމުންނެވެ.

އެ ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ދަނީ ސީރިއެސް މައްސަލައެއްގެ ތަހުގީގު ކުރުމަށް، ފުލުހުންނާއި، ޖެންޑާރ މިނިސްޓްރީއަށްށާއި، ކަމާ ބެހޭ އެހެން ފަރާތްތަކަށް ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް