ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 18:06
ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ތުނޑީ ބަނދަރު ސަރަހައްދުން
ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ތުނޑީ ބަނދަރު ސަރަހައްދުން
ރާއްޖެއެމްވީ
ރިޔާސި އިންތިޚާބު 2018
އިބޫއަށް އޮތް ތާއިދު ދައްކާލަން މާދަމާ ގަމުގައި ސައިކަލް ބުރެއް ބާއްވަނީ
ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ތުނޑި ބަނދަރު ސަރަހައްދުން
ސައިކަލް ބުރުގައި ގަން ފޮނަދޫ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވާނެ
ސައިކަލް ބުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ ފޮނަދޫއަށް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން "ޖަޒީރާ ސައިކަލް ބުރު" ނަމުގައި ހުކުރު ދުވަހު ލ. ގަމުގައި ސައިކަލެއް ބުރެއް ބާއްވަން ނިންމަފިއެވެ.

ހައްދުންމަތީ ގަމުގައި ޕީޕީއެމްއަށް ތާއިދު ކުރާ ފަރާތްތަކުން ސައިކަލް ބުރެއް ނިމިދިޔަ ހަފްތާގައި ބާއްވާފައި ވަނިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހު ބާއްވާ ސައިކަލް ބުރުން ގަމު ރައްޔިތުން ތިބީ އިބޫ އާއިކު ކަން ސާފުވާނެ ކަމަށް އެމްޑީޕީ ގަމު ދާއިރާއިން ބުންޏެއެވެ. ޕީޕީއެމުން ގަމުގައި ބޭއްވި ސައިކަލް ބުރުން ފެނިފައި ވަނީ 182 ސައިކަލް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ސައިކަލް ބުރުން އޭގެ ދެގުނަ ފެންނާނެ ކަމަށް އެމްޑީޕީ ގަމު ދާއިރާއިން ބުންޏެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަޒީރާ ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި ތުނޑީ ބަނދަރު ސަރަހައްދުންނެވެ. މި ސައިލް ބުރުގައި ގަން ފޮނަދޫން ވިހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިބޫ ލ. އަތޮޅު ގަމަށް ވަޑައިގަތުމުން އެމަނިކުފާނަން މަރުޙަބާ ދެންނެވުމުގެ ގޮތުން ގަމުގެ ތިން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވެ އެވެ. އަދި އެ ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަމުގައި ބޭއްވި ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް