ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 15:08
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
ގޫގުލް
ބޮލީވުޑް
ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އަމީތާބް އެހީވެއްޖެ
 
އަމީތާބް ވަނީ 51 ލައްކަ އިންޑިއަން ރުޕީސްގެ އިތުރުން ބޭނުންކުރާ ބައެއް ސާމާނު ހަދިޔާ ކޮށްފައި

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބް ބައްޗަން އެހީވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުން އަމީތާބް ވަނީ 51 ލައްކަ އިންޑިއަން ރުޕީސްގެ އިތުރުން ބޭނުންކުރާ ބައެއް ސާމާނު ހަދިޔާކޮށްފައެވެ.

އޭގެ ތެރޭގައި 80 ޖެކެޓް، 25 ފަޓްލޫން، 20 ޓީޝާޓާއި، 40 އަކަށް ބޫޓާއި ސްކާފްތަކެއް ހިމެނެއެވެ.

އަމީތާބްގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ފަންނާނުގެ ތެރޭގައި ހިމެނޭ ޝާހުރުކް ޚާން، ސުޝާންތް ސިންގް ރާޖްޕޫތް، ރިތިކް ރޯޝަންގެ އިތުރުން ވެސް ގިނަ ތަރިން ވަނީ ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވެފައެވެ.

ކެރެލާއަށް ފެންބޮޑުވުމުގެ ސަބަބުން މަރުވީހުންގެ އަދަދު 357 އަށް އަރާފައިވާ އިރު ލިބުނު ގެއްލުމުގެ އަގު 19،512 ކްރޯޑަށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
33%
0%
0%
33%
33%
ކޮމެންޓް