ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 18:03
ހުޅުދުއްފާރުން އިބޫގެ މޫނުގައި އާންމު މީހަކު ކުލަ އުނގުޅަނީ:-ފޮޓޯ ރާއްޖެއެމްވީ
ހުޅުދުއްފާރުން އިބޫގެ މޫނުގައި އާންމު މީހަކު ކުލަ އުނގުޅަނީ:-ފޮޓޯ ރާއްޖެއެމްވީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކުލަތަކުން ދިން "ހަމަލާ" އިން އިބޫ ސަލާމަތެއް ނުވި!
އީދު ދުވަހާ ކުލަ އުނގުޅުމަކީ ހުޅުދުއްފާރުގެ ސަގާފަތުގައި ހިމެނޭ ކަމެއް

ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ބައެއް ރަށްތަކަަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގައިކޮޅުގައި ކުލަ ހާކައިފި އެވެ.  

ބުރާސްފަތި ދުވަހުގެ މެންދުރުވާން ކައިރިވެފައި ހުއްޓާ އިބޫ ހުޅުދުއްފާރަށް ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނުގެ މޫނުފުޅުގައި ކުލަ އުނގުޅީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި މީހުންނެވެ. އަދި އެ ކުލައިން އެމަނިކުފާނާއެކު ވަޑައިގެން އެހެން ބޭފުޅުންނަށް ވެސް ސަލާމަތް ވެވަޑައިނުގެންނެވުނެވެ.  

އިބްރާހިމް މުހައްމަދު ސޯލިހު އެރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަ ދެއްކުމަށް ވަޑައިގަތީ މޫނުގައި ހުރި ކުލަތައް ފޮހުމަށްފަހު އެވެ. ނަމަވެސް އެމަނިކުފާނު އެރަށުން ވަޑައިގެންނެވުމަށް ލޯންޗަށް އަރާވަޑައިގަންނަވަނިކޮށް އަނެއްކާ ވެސް އެމަނިކުފާނުގެ ގަމީހުގައި ކުލަ އުނގުޅި އެވެ.

 

ކުލަ ހާކާފައިވާ ގަމީހާއެކު އިބޫ އަނގޮޅިތީމަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ

އެންމެ ފަހުން އެމަނިކުފާނު އަނގޮޅިތީމަށް ވަޑައިގަންނަވަން ޖެހުނީ ކުލައިން "ތަތްތެޅިފައިވާ" ހުދުގަމީހާ އެކު އެވެ.

އީދު ދުވަހުގެ ދެ ވަނަ ދުވަހު ހުޅުދުއްފާރުގައި ކުލަ ޖެހުމަކީ އީދުގެ ކުޅިވަރުގައި ހިމެނޭ ކަމެކެވެ. އެއިން އެ ދުވަހު ސަލަމަތްވުމަކީ އުނދަގޫ ކަމެކެވެ. 

ރަސްގެތީމުގައި ހުރި ކެމްޕެއިން އޮފީސް އެމަނިކުފާނު ހުޅުވާ ދެއްވަނީ

ދެން އެމަނިކުފާނު ރަސްގެތީމަށް ވަޑައިގެންނެވުމުން އެރަށުން ވެސް ވަނީ ވަރަށް ގިނައިން އެމަނިކުފާނުގެ މޫނުގައި އާއި ގައިކޮޅުގައި ކުލަ އުނގުޅާފަ އެވެ. އަދި އެމަނިކުފާގެ ގަމީސްކޮޅާއި މޫނު ހުރީ އެކި ކުލަތަކުން ޖަރީވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
23 އޯގަސްޓް 2018 | ބުރާސްފަތި 23:32
އަސްލުމީހާ676
އަސްލު ދެރައެއް ނުވޭ... އުފާވީ.. ރައީސްކަމަށް ކުރިމަތި ލެއްވި ބޭފުޅާ ހުރި ހިސާބު އެ ދައްކަވާ ދެއްވީ.. ރައްޔިތުން ދޯނި އެހެލަންޏާ ވަލުގަވެސް ހިއްޕަވާނެ.. ޔަގީނެއްނު.. ފެން ކުޅެންޔާ ފެންވެސް ޖައްސަވާނެ.. ހ