ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 11:37
އައްޝައިޚް އިލްޔާސް ހުސައިން
އައްޝައިޚް އިލްޔާސް ހުސައިން
ރާއްޖެ އެމްވީ
އައްޝައިޚް އިލްޔާސް ހުސެއިން
ވެރިއަކަށް ގެންނަންވީ ޢަދްލު އިންސާފަށް ލޯބިކުރާ، ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިނުވާ މީހެއް: ޝައިޚް އިލްޔާސް
އަމާނާތްތެރި ރައްޔިތުންނަށް އޯގާތެރިއެއް ވެރިކަމަށް ގެންނަންވީ
ޚިޔާނާތްތެރި ނުވެ އަމާނާތްތެރިއެއް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލް ޖުމްހޫރިއްޔާއަކަށް މީހަކު އިޚްތިޔާރު ކުރާއިރު ޢަދްލު އިންސާފަށް ލޯބިކުރާ އަދި ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރި ނުވާ މީހަކު ހޮވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެވެ.

ޢަރަފާތު ބިމުގައި ހުންނަވައިގެން އަޟްހާ އީދުގެ ހެޔޮއެދުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވަމުން ފޭސްބުކް މެދުވެރިކުރައްވައި ޝައިޚް އިލްޔާސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައީސުލް ޖުމްހޫރިއްޔާއަކު އިޚްތިޔާރު ކުރާއިރު ރައްޔިތުންނަށް އޯގާތެރި ޢަދްލު އިންސާފަށް ލޯބިކުރާ މީހަކު އިޚްތިޔާރު ކުރުން މުހިއްމު ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމުގެ ވެރިއަކު އިޚްތިޔާރު ކުރައްވާއިރު، ތެދުވެރި އަމާނާތްތެރި ރައްޔިތުންނަށް އޯގާތެރި، ދައުލަތުގެ ޚަޒާނާއިން ޚިޔާނާތްތެރި ނުވެ އަމާނާތްތެރިވެވަޑައިގަންނަވާނެފަދަ ބޭފުޅަކު އިޚްތިޔާރު ކުރެއްވުމަށް ސަމާލުކަން ދެއްވާ. އޭރުން އަޅުގަނޑުމެންނަށް ހަމަޖެހުމާއި އުފާވެރިކަމާއި ފާގަތިކަން މުސްތަޤްބަލްގައި ލިބިގެންދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން." ޢަރަފާތު ބިމުގައި ހުންނަވައިގެން ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ޢަދްލު އިންސާފް ނެތް ކަމަށާއި ސަރުކާރުގެ އެންމެ އިސްބޭފުޅުންނާއި ހަމައިން ފެށިގެން ގިނަ ބަޔަކަށް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް