ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 19:06
މިލަދޫއަށް އިބޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ :-ފޮޓޯ ރާއްޖެއެމްވީ
މިލަދޫއަށް އިބޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ :-ފޮޓޯ ރާއްޖެއެމްވީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ކެމްޕެއިން ބޮޑު ޖަލްސާއެއް މިރޭ މިލަދޫގައި
މިލަދޫ އިން އިބޫ އަށް ހޫނު މަރުހަބާއެއްް ކިޔާފައިވޭ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް މިރޭ މިލަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.  

މިރޭ މި ޖަލްސާ އޮންނާނީ މިލަދޫ ބަނދަރު ސަރައްދުގައި 9:00 ގައެވެ. އިބޫ މިލަދޫ އަށް ވަޑައިގެންނެވީ މިއަދުގެ ހަވީރެވެ. ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިބޫ މިއަދު ވަނީ ނ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފައެވެ. އެއީ ނ. މަނަދޫ އާއި މަގޫދޫ އާއި ޅޮއްސަށެވެ. އިބޫއާ އެކު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ.

 

މިލަދޫއަށް އިބޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ: -ފޮޓޯ ރާއްޖެއެމްވީ

އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން މީހުން ބައިވެރިވަޑައިގަންނަވައެވެ. އަދި މިރޭ ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު ޖަލްސާގައި ހާއްސަ ކަންކަން ހިނގާނެ ކަމަށް ޖަލްސާ އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

މާދަމާ އިބޫ ރ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުފުޅުގައި ވަޑައިގަންނަަވާނެއެވެ. އަދި މާދަމާ ރޭ ރ. އަލިފުށީގައި ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް