ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 17:25
ގުޅިފައިވާ ޕާޓީތަކުގެ ފޮތިތައް ފުލުހުން ނައްޓުވަނީ
ގުޅިފައިވާ ޕާޓީތަކުގެ ފޮތިތައް ފުލުހުން ނައްޓުވަނީ
ރާއްޖެއެމްވީ
އިދިކޮޅު ކެމްޕެއިން
ކެމްޕޭނަށް ހުރަސްއަޅާތީ އެޗްޑީސީ އާއި ފުލުސް އޮފީހަށް ސިޓީ ފޮނުވައިފި
ހަމަހަމަކަމާއެކު އަމަލުކޮށްދިނުމަށް ވަނީ އެދިފައި

އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ފުލުހުންނާއި އެޗްޑީސީން ހުރަސް އަޅަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށާއި އެޗްޑީސީއަށް އެމްޑީޕީ އިން ސިޓީ ފޮނުވައިފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދަށް އެމްޑީޕީން ބުދަ ދުވަހު ފޮނުވި ދެ ސިޓީއެއްގައި ބުނެފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމާއި ދިދަ، އަދި ބެނާ ދެމުމަށް މާލެ އާއި އެހެން ރަށްރަށުގައި އިދިކޮޅުން ކުރިއަށްގެންދާ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ ހަރަކާތްތަކަށް އެޗްޑީސީން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އެގޮތުން ޕޯސްޓަރު ތަތްނުކުރެވޭނެ ކަމަށާއި ބެނާ ނުދެމޭނެ ކަމަށް އެންގުމުގެ އިތުރުން، ކެމްޕޭންކުރަން މާލޭގައި ނެގި ބޮޑު ދިދަ ވެސް ފުލުހުން ބާލާފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން އިންސާފުވެރި، އަދި ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ ކެމްޕެއިނެއް ކަށަވަރުކޮށްދިނުމަކީ ފުލުހުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާއަކަށް ވާއިރު މިފަދަ ހުރަސްތައް ނައްތާލުމަށް އެ ދެ ސިޓީގައި އެމްޑީޕީން ވަނީ އެދިފައެވެ.

 

އެމްޑީޕީއިން މިގޮތަށް އެދިފައިވާއިރު، ޕީޕީއެމުން ވަނީ އެމްޑީޕީގެ ޕޯސްޓަރުތަކާއި ޖަލްސާތަކާއި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި އެ ޕާޓީގެ ކުލަ ބޭނުން ކުރާ ކަމުގެ ޝަކުވާތައް ކޮށްފައެވެ. އަދި އެހެން ޕާޓީތަކުން ކެމްޕެއިންގައި ފިޔަތޮށިކުލަ ކުލަ ބޭނުން ކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް