ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 21:06
ރައީސް ނަޝީދު ސުބްރަމަނިއަންއާ ސަލާމް ކުރައްވަނީ
ރައީސް ނަޝީދު ސުބްރަމަނިއަންއާ ސަލާމް ކުރައްވަނީ
ޓްވިޓަރ
ކުރީގެ ރައީސް ނަޝީދު
ރައީސް ނަޝީދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީއާ ބައްދަލުކުރައްވައިފި
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީއާ ބައްދަލުކުރައްވައިފިއެވެ. 

ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ސުބްރަމަނިއަންއާ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަން މަސައްކަތްކުރައްވާ ކަންތައްތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވެސް ރައީސް ނަޝީދު ވަނީ ސުބްރަމަނިއަންއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި އިންޑިއާގެ ރައީސްގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ ސުބްރަމަނިއަން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް އިންޑިއާ އިން ނުދޭނެ ކަމަށެވެ. ރައީސް ޔާމީނަކީ އިންޑިއާ ލަދުގަންނުވާލާފައިވާ ހުދުމުހުތާރު ވެރިޔެއް ކަމަށާއި ކަންކަން ކުރިޔަށް ގެންދަންޖެހޭ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ސުބްރަމަނިއަން ވަނީ ވިދާޅުވެފައެވެ. 

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ސުބްރަމަނިއަންއާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ގުޅިގެން ރައީސް ނަޝީދު މަޝްވަރާ ކުރައްވާފައިވާއިރު އިންޑިއާއިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތުދީ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުގެ މި ގޮވާލުންތަކަށް ރާއްްޖޭގެ ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް