ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 15:32
ރާޢްޖެ ޓީވީ ރިޔާސީ ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 7 ގައި
ރާޢްޖެ ޓީވީ ރިޔާސީ ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 7 ގައި
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
ރާއްޖެ ޓީވީގެ ރިޔާސީ ބަހުސް ސެޕްޓެމްބަރު 7 ގައި!
ރައީސް ޔާމީނަށް ވަނީ ދެ ފަހަރެއްގެ މަތިން ދައުވަތު ފޮނުވާފައިވޭ
ރައީސް ޔާމީނާއި ޑރ. ޝަހީމް އަދި ދައުވަތު ޤަބޫލުކުރައްވާފައެއް ނުވޭ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ވަނީ ދައުވަތު ޤަބޫލުކުރައްވާފައި

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ މެދުގައި ބޭއްވުމަށް ރާއްޖެޓީވީން އިންތިޒާމުކުރާ "ރިޔާސީ ބަހުސް" ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރޭ ބޭއްވުމަށް ނިންމައި، އެކަން ކެންޑިޑޭޓުންނަށް އެންގުމުގެ ގޮތުން ސިޓީ ފޮނުވައިފިއެވެ. 

އެ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް އެދި ދެ ވަނަ ފަހަރަށް ރައީސް އަބްދުﷲ ޔާމީންނަށް ރާއްޖެ ޓީވީން ފޮނުވި ނަމަވެސް، މިހާތަނަށް ދައުވަތު ގަބޫލުކުރައްވާފައެއް ނުވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ވަނީ ދައުވަތު ގަބޫލުކުރައްވައިފައެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 29 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް