ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 15:39
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ
އަޒުމޫން އަހުމަދު
ރާއްޖެ އީޔޫ
އީޔޫގެ ލިސްޓެއް ނެތް: ޝައިނީ
ރާއްޖެއަށް ފިޔަވަޅެއް ނާޅާނެކަމަށް ވިދާޅުވި
އީޔޫގައި ފިޔަވަޅު އަޅާނެ ލިސްޓެއް ނެތް
ކޮލަމްބޯގައި ހުންނެވި އީޔޫގެ އެމްބެސެޑަރާ ސުވާލުކޮށް އެކަން ސާފުކުރުމަށް އެދިވަޑައިގެންނެވި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ 41 މީހަކަށް ފިޔަވަޅު އެޅުމަށް ލިސްޓެއް ތައްޔާރުކޮށްގެން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށާއި އީޔޫގައި ލިސްޓެއް ނެތްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައްސަލާގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ "އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއުއާ ހަވާލާ ދެއްވައި ޝައިނީ ވިދާޅުވީ އީޔޫގައި ފިޔަވަޅު އަޅާނެ ލިސްޓެއް ނެތްކަމަށެވެ. އެކަން ގަބޫލު ނުކުރައްވާނަމަ ކޮލަމްބޯގައި ހުންނެވި އީޔޫގެ އެމްބެސެޑަރާ ވާހަކަދައްކަވާ އެކަން ސާފުކުރުމަށް ޝައިނީ އެދިވަޑައިގަތެވެ.

އެފަދަ ނިންމުމެއް ނިންމަން ނުވަތަ ފިޔަވަޅެއް އެޅުމަށް ލިސްޓަށް ނަމެއް ލުމަށް ބާރު އޮންނަނީ އީޔޫގެ 28 ގައުމުތަކުން ކަމަށާއި އެއީ އީޔޫގެ ޕާލަމްންޓުން ކުރާ ކަމެއް ނޫންކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާގެ އަތުގައިވެސް ގައުމަށް ގައްދާރުވެފައިވާ މީހުންގެ ލިސްޓެއް އެބައޮތްކަމަށާއި އޭގެ އެންމެ ކުރީގައި އޮތީ ރައީސް ނަޝީދުގެ ނަންފުޅުކަމަށެވެ.

ޝައިނީ މިހެން ވިދާޅުވެފައިވާއިރު އީޔޫއިން ވަނީ  ފިޔަވަޅު އަޅާ 41 މީހުންގެ ތެރޭގައި ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތި ކުރުވާ ފަރާތްތަކާއި ސިޔާސީ ހައްލުތައް ރާއްޖެއަށް ހޯދުމަށް ހުރަސް އަޅާ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައި ކަމަށް ބުނެފައެވެ.

ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާއި ވިދިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެގަރާރާއެކު އެކުލަވާލުމަށް ނިންމި ފްރޭމްވާރކް ވެސް އީޔޫއިން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 28 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް