ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 14:40
ރައީސް ޔާމީން ރަށަކަށް ވަޑައިގެން މަރުހަބާ ދެންނެވުމަށް އައިސް ތިބި ފަރާތްތަކާ ސަލާމް ކުރައްވަނީ
ރައީސް ޔާމީން ރަށަކަށް ވަޑައިގެން މަރުހަބާ ދެންނެވުމަށް އައިސް ތިބި ފަރާތްތަކާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގަޑި ތިންވަނަ ފަހަރަށް ބަދަލުކޮށްފި
ވަޑައިގެންނެވުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ބުދަދުވަހު ހަވީރު 4 ޖަހާއިރު
ފަހުން ބަދަލު ކުރީ 2 ޖަހާއިރަށް
މިހާރު ވަނީ މިރޭ 8:30 އަށް ބަދަލުކޮށްފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑި ތިން ވަނަ ފަހަރަށް ބަދަލުކޮށްފިއެވެ.

ކުޅުދުއްފުށިން ރާއްޖެ އެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ކުރިން ހަމަޖައްސަވާފައި ވަނީ ބުދަ ދުވަހު ހަވީރު 4 ޖަހާއިރުއެވެ. ނަމަވެސް ވަގުތާއި އެރަށުގެ މަށިމާލި ޕެރޭޑާ ދިމާވާތީ އެޕެރޭޑް ފަސްކޮށްދިނުމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކާ ޕީޕީއެމްގެ ފަރާތުން ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް އެކަން ހަމަނުޖެހުމުން ރައީސް ވަޑައިގަތުން ބުދަ ދުވަހު 2 ޖަހާއިރަށް ބަދަލުކޮށް އެކަން ބުދަދުވަހުގެ މެންދުރު 11 ޖަހަންދެން އަޑުގަދަ ކުރާއިންވަނީ ގޮވާފައެވެ.

އޭގެ ފަހުން ވަނީ އެމަނިކުފާނު އެރަށަށް ވަޑައިގަތުން ބުދަ ދުވަހުގެ ރޭ 8:30 އަށް ބަދަލުކޮށްފައި ރަށުގައި އިއުލާނުކޮށްފަ އެވެ.

އަޟްޙާ ޢީދު ދުވަހާއި ވިދިގެން އަންނަ ދުވަހު ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑަކީ 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޕެރޭޑެކެވެ. ގިނަބަޔަކު ބަލަން ނުކުންނަ އެ ޕެރޭޑަކީ އެއިރެއްގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަތަކާއި ސިޔާސީ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވޭ ފުޅަނދުތަކެއްގެ މައްޗަށް ބިނާކޮށް ބާއްވާ ޕެރޭޑެކެވެ. މިއަހަރުގެ ޕެރޭޑަކީ ވަރަށް ތަފާތު ފުޅަނދުތައް ފެނިގެންދާނެ ޕެރޭޑެއް ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭގެ ތެރޭގައި ކުޅުދުއްފުށީގައި އަޅާ އެއަރޕޯޓާ ގުޅުންހުރި ފުޅަނދުތައް ހިމެނޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިދިޔަ އަހަރު ބޭއްވި ޕެރޭޑްވެސް ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 28 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް