ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 13:09
ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ
ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ
ގެޓީ އިމޭޖަސް
ހައްޖު 1439
ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅު، މާދަމާ އެނބުރި މައްކާއަށް
މިފަހަރު ރާއްޖެއިން 1،400އެއްހާ މީހުން ވަނީ ހައްޖަށް ގޮސްފައި

ހައްޖު ކޯޕަރޭޝަނަށް މިފަހަރު ދީފައިވާ 1,000 ކޯޓާއަށް ހައްޖަށް ގޮސްފައިވާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެ ކޯޕަރޭޝަންގެ ބޯޑު މެމްބަރ އަދި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ވިދާޅުވީ ހައްޖު ދުވަހުގައި ހައްޖާޖީއެއް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށާއި އެހެން ނަމަވެސް އޭނާ މިހާރު ދޫކޮށްލާފައިވާކަމަށެވެ. އެމީހާގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރު ރާއްޖެއިން 1،400އެއްހާ މީހުން ވަނީ ހައްޖަށް ގޮސްފައެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ސިސިލްފަރު ޖަމާއަތާއި އަލްހަރަމައިން ޖަމާއަތާއި ތަޒްކިޔާ ޖަމާއަތާއި ޒައީ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. އެއެންމެންގެވެސް ހާލު ރަނގަޅުކަމަށްވެއެވެ.

އަލީ ވަހީދު ވިދާޅުވީ ޖަމްރާއަށް ހިލަ އުކައި ނިންމުމަށް ފަހު އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން މާދަމާ މައްކާއަށް ދާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް