ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 13:22
ރައީސް މައުމޫނާއި ރައީސް ނަޝީދު، ރައީސް ޔާމިން ހުވާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް މައުމޫނާއި ރައީސް ނަޝީދު، ރައީސް ޔާމިން ހުވާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2018
މައުމޫން އަށިގޭގައި ބޭއްވުން ދިވެހިންނަށް ބަލައެއް ނުގަނެވޭނެ:ނަޝީދު
ރައީސް ޔާމީންގެ ފަރާތްޕުޅުން މިފެންނަނީ މަދު ދިވެހި ވެރިޔެއްގެ ކިބައިން ނޫނީ ނުފެންނަފަދަ އަނިޔާވެރި ސިފަތަކެއް
މިވެރިކަން ބަދަލު ކުރުން ލާޒިމް

ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން އަށިގޭގައި ބާއްވައިގެން ދިވެހިންނަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށް ލާފައިވާ ރައީސް ނަޝީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން މިފެންނަނީ މަދު ދިވެހި ވެރިޔެއްގެ ކިބައިން ނޫނީ ނުފެންނަފަދަ އަނިޔާވެރި ސިފަތަކެއް ކަމަށާއި އެއްބަފާ ބޭބޭފުޅު އަށިގޭގައި ބާއްވައިގެން ދިވެހިންނަކަށް މިކަންކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

އެހެންވެ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ. ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާއި ގުޅިގެން ރައީސް މައުމޫން ވަނީ ޖަލަށް ހުކުމްކޮށް މާފުށީ ޖަލުގައި ހައްޔަރުކޮށްފައެވެ. އަންގާރަ ދުވަހު ވަނީ އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވެ، އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް