ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 13:17
ރައީސް ޔާމީންގެ ފޮޓޯފުޅުގައި ކަޅު ދާ ޖަހާފައި
ރައީސް ޔާމީންގެ ފޮޓޯފުޅުގައި ކަޅު ދާ ޖަހާފައި
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ހިންނަވަރުގެ އީދު ޝޯއަށް ޔާމީންގެ ފޮޓޯފުޅުގައި ކަޅުދާ އަޅައި ފޮރުވައިފި
އިބޫ ނިސްބަތްވެ ވަޑައިގަންނަވަނީ ހިންނަވަރަށް

އަޟްހާ އީދު ފާހަގަކުރުމަށް ޅ. ހިންނަވަރުގައި އަންގާރަ ދުވަހުގެ ރޭ ޝޯތައް ބާއްވާފައި ވާއިރު ޕީޕީއެމުން ބޭއްވި ޝޯއަށް އެރަށަށް ގެންދިޔަ ބޭންޑުން ޝޯ ދޭން އެއްބަސްވީ ސްޓޭޖު ކައިރީގައި ހަރުކޮށްފައި ހުރި ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ޖަހާފައިވާ ބިލްބޯޑުގައި ކަޅު ދާ އަޅައި ފޮރުވުމުން ކަމަށް އެރަށުގެ ބައެއް މީހުން ބުނެފިއެވެ.

ހިންނަވަރު މީހަކު މައުލޫމާތު ދެމުން ބުނީ އެރަށުގައި އެމްޑީޕީއާއި ޕީޕީއެމުން ވަކިވަކިން ރަށުގެ ދެ އަވަށުގައި ޝޯ ދީފައިވާކަމަށެވެ. އެމްޑީޕީން ޝޯ ދީފައިވަނީ "ޖަޒީރާ ރައީސް"ގެ ނަމުގައެވެ. ޕީޕީއެމުން ޝޯ ދީފައިވަނީ "އުއްމީދެއްވާނަމަ ދިރުމެއް ވާނޭ" ގެ ނަމުގައެވެ.

ޕީޕީއެމުން ޝޯ ބޭއްވި އިރު މާލެއިން އެރަށަށް ގެންދިޔަ މިއުޒިކް ބޭންޑްގައި ހިމެނޭ މީހުން ރައީސް ޔާމީންގެ ފޮޓޯފުޅު ސްޓޭޖް ކައިރީގައި ހުރުމުން ޝޯ ދޭން އެއްބަސް ނުވި އެވެ. އެހެންކަމުން ރައީސް ޔާމީންގެ ފޮޓޯފުޅުގައި ކަޅު ދާ އަޅުމުން ޝޯ ކުރިއަށް ގެންދަން އެއްބަސްވީކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހާ ބުންނެވެ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފޯރި ގަދަވެފައިވާއިރު މިފަހަރު ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އުފަން ރަށަކީ.ހިންނަވަރެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަކީ ވެސް ހިންނަވަރަށް އުފަން ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް