ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 11:53
ކެރެލާގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެނަކު ރައްކާތެރި ސަރަހައްދަކަށް ގެންދަނީ
ކެރެލާގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެނަކު ރައްކާތެރި ސަރަހައްދަކަށް ގެންދަނީ
އަލްޖަޒީރާ
ކެރެލާގައި ފެން ބޮޑުވުން
ރާއްޖެއިން ދިން 50،000 ޑޮލަރު އިންޑިއާއިން ގަބޫލެއް ނުކުރި
އިންޑިއާއަށް އެހީ ހުށައެޅީ ތިން ގައުމަކުން

އިންޑިއާގެ ކެރެލާއަށް ކުރި ވިއްސާރައިގައި އެތައް ބަޔަކު މަރުވެ އަދި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު އެމީހުންނަށް އެހީވުމަށް ބޭރު ގައުމުތަކުން ވެދޭ އެހީތައް ބޭނުން ނުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ބޭސްފަރުވާއަށް ދިވެހިން ވެސް އެންމެ ގިނައިންދާ އެއް މަންޒިލުކަމުގައިވާ ކެރެލާގައި ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖެއިން ވަނީ 50،000 ޑޮލަރުގެ އެހީއެއް ހުށައަޅާފައެވެ. މިހާތަނަށް ކެރެލާގެ ރައްޔިތުންނަށް އެހީވުމަށް ހުށައަޅާފައިވަނީ ރާއްޖޭގެ އިތުރުން ގަތަރާއި ޔޫއޭއީންނެވެ. ގަތަރުން ހުށައަޅާފާއިވަނީ 35 ކުރޯޑް އިންޑިއަން ރުޕީސްއެވެ. އަދި އީޔޫއޭއިން ހުށައަޅާފައިވަނީ 700 ކުރޯޑް އިންޑިއަން ރުޕީސްއެވެ.  

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެގައުމަށް އެހީވުމަށް ބޭރުގެ ގައުމުތަކުން ހުށައެޅުމުން އެގައުމުން އުފާކޮށް ޝުކުރުވެރިވާކަމަށެވެ. އެހެން ނަމަވެސް ކެރެލާގެ ރައްޔިތުންނަށް އެހީވުމަށް އިންޑިއާއިން ބޭނުންވަނީ އެގައުމުގެ ސަރުކާރުގެ ފައިސާކަމަށް ނިންމާފައިވާކަމަށް އިންޑިއާ ސަރުކާރުގެ އިސްފަރާތަކާއި ހަވާލާދީ އެނޫހުގައި ވަނީ ބުނެފައެވެ.

ކެރެލާއަށް ކުރި ވިއްސާރައިގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 200،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ގޯތިގެދޮރު ގެއްލި ވަގުތީ ކޭމްޕްތަކަށް ބަދަލުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 މިނެޓު ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
23 އޯގަސްޓް 2018 | ބުރާސްފަތި 08:24
Uae
Eua ?
22 އޯގަސްޓް 2018 | ބުދަ 21:21
އަޑު
މި އާޓިކަލް ގެ ސުރުޚީ ކަމަކު ނުދޭ، ހީވަނީ ހަމަ އެކަނި ރާއްޖެ އިންދޭ އެހީ ބޭނުން ނޫނީ ކަމަށް، މަ ރާއްޖެ އެމްވީ އަށް ސިޕޯރޓް ، އެކަމަކު ހަމަ ހަމަ ވާން ވާނެ، ސުރުޚީ ވަރަށް މުހިއްމު، މިކަހަލަ ކަންތައް ރަގަޅު ކުރުމަށް އެދެން
22 އޯގަސްޓް 2018 | ބުދަ 07:45
Pk
Haadha bodaa bayei