ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 10:01
ރައީސް ޔާމީނާއި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން
ރައީސް ޔާމީނާއި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން
ރާއްޖެ އެމްވީ
ރައީސް މައުމޫން ޖަލުގައި
ރައީސް މައުމޫން އާއިލާގެ ގާތަށް ގެއަށް ބަދަލުކޮށްދެއްވާ: މާރިޔާ
ރައީސް ޔާމީން ދަނީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނާއި މެދު އަނިޔާވެރިވަމުން
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫނުގެ ސަބަބުން

ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ސީރިއަސް ވެފައިވާއިރު، އެމަނިކުފާނު އާއިލާއަށް ނުހަނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އެހެންވެ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށްމ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނާމެދު އަނިޔާވެރިވަމުންދާކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނަކީ، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރި ބޭފުޅާކަމަށާއި ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނު ސަބަބަކީވެސް ބޭބޭފުޅު ކަމަށް މާރިޔާ ވިދާޅުވިއެވެ. 

މައުމޫނުގެ ހާލުކޮޅު އިތުރަށް ގޯސްވެ އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް  ޑޮކްޓަރުން ގެންގޮސް އީދު ދުވަހު ވަނީ ފަރުވާ ދެއްވައިފަ އެވެ. 

2013ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންނާއެކު ރައީސް މައުމޫން އަދާއި އަތް ގުޅާލައްވައިގެން

މާރިޔާ ވިދާޅުވީ ރައީސް މައުމޫނު އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ އާއިލާއަށް ނުހަނު ބޭނުންފުޅުވެ ވަޑައިގެން ހުންނެވިކަމަށާއި ކުޑަމިނުން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް މައުމޫން ޖަލަށް ލާފައިވަނީ  މިސަރުކާރުން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެމަނިކުފާނު ހައްޔަރު ކުރުމަށްފަހު، އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެމަނިކުފާނަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް