ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 06:27
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް
އަޒުމޫން އަހުމަދު
ރިޔާސީ އިންތިޚާބު 2018
ޓެބްލެޓުން ކުރާ ކަމެއް ކުރަން ޖެހޭނީ ނަތީޖާ އިއުލާން ކުރުމަށްފަހު: ފުއާދު ތައުފީޤް
ވޯޓު ގުނުމަށްފަހު ވަގުތުން އެތަނުގައި އެވޯޓު ފޮށީގެ ނަތީޖާ އިއުލާންކުރަން ޖެހޭނެ
އިލެކްޝަންސް ކޮމިޝަނުން އެނަތީޖާ އެޕްރޫވްކުރަން ނުޖެހޭނެ
އެކަން އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައިވޭ

ރިޔާސީ އިންތިޚާބުގައި ޓެބްލެޓުން ކުރާ ކަމެއް ކުރަން ޖެހޭނީ ވޯޓުގެ ނަތީޖާ ވޯޓު ފޮށި ކައިރީގައި ގުނައި ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ ވޯޓު ފޮށި ކައިރީގައި ވޯޓު ގުނައި ނިމުމުން، އިއުލާންކުރުމުގެ ކުރިން ޓެބްލެޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިގެން، އެކޮމިޝަނުން އެޕްރޫވްކުރުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ތުހުމަތާއި ގުޅިގެން ފުއާދު ވިދާޅުވީ ވޯޓު ގުނުމަށްފަހު ވަގުތުން އެތަނުގައި އެވޯޓު ފޮށީގެ ނަތީޖާ އިއުލާންކުރަން ޖެހޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެ ނަތީޖާ އެ ޕްރޫވްކުރަން ނުޖެހޭނެ ކަމަށާއި، މަޑުކުރަންވެސް ނުޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެކަން އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ފުއާދު ވިދާޅުވީ ވޯޓު ގުނާއިރު މިފަހަރު ބައި އަޅަން ޖެހެނީ 3 ބަޔަކަށް ކަމަށެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 އާއި ކެންޑިޑޭޓް ނަމްބަރު 2 ގެ އިތުރުން ބާޠިލް ވޯޓުކަމަށާއި، އެއަށްފަހު ކޮންމެ ބައެއް ވަކިން އަޑު ހަރުކޮށް ގުނައި، ނަތީޖާ އެތަނުގައި އިއުލާންކުރަން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެއަށްފަހު އެނަތީޖާ، ޝީޓެއްގައި ލިޔެ، އެތަނުގައި ހަރުކުރަން ޖެހޭނެކަމަށާއި، ޓެބްލެޓެއްގެ މަސައްކަތް އަންނަން ޖެހޭނީ އެއަށްފަހުގައި ކަމަށް ފުއާދު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ވިދާޅުވީ ޓެބްލެޓަށް ނަތީޖާ އެންޓަރކުރުމުން އިލެކްޝަންސް ކޮމިޝަނުން އިލެކްޓްރޯނިކްކޮށް އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓް ނުކުރެވޭކަމަށެވެ. އަދި ވޯޓު ގުނަން ޓެބްލެޓް ބޭނުންކުރުމަކީ ޤާނޫން އަސާސީއާއި ޤާނޫނުތަކާއި ޚިލާފުކަމެއްކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީއަށް ފަހު ބާއްވާ މި އިންތިހާބަކީ ވޭތުވެދިޔަ ދެ އިންތިހާބާ ޚިލާފަށް ޝަކުވާ ބޮޑު، އިންތިހާބާ ގުޅޭ ކަންކަން އިލެކްޝަނުން އެތައް ފަހަރަކު ބަދަލުކުރަމުންދާ އިންތިޚާބެކެވެ. 

ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހްމަތު ކުރެވިފައިވާއިރު، މިހާރު އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ނުބައި ތަންތަނަށް ރިރަޖިސްޓްރީކޮށްފައި އޮތުމާއި، ރިރެޖިސްޓްރީކުރަން ހުށަނާޅާ އެތައް ބަޔަކު ވެސް ރެޖިސްޓަރ ކޮށްފައިވާ މައްސަލަ އެވެ. 

ރިރެޖިސްޓްރޭޝަންގެ ފައިނަލް ލިސްޓް އިއުލާނުކުރުން ލަސްވަމުންދާތީ، ގުޅިފައިވާ ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް