ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 01:08
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އިތުރު 15 މެމްބަރުން އިދިކޮޅާއި ގުޅޭނެ: މުސްތަފާ
ރައީސް ޔަމީން ކިތަންމެ ކޯފާ އިސްކުރެއްވިޔަސް އިތުރު 15 މެމްބަރުން އިބޫއަށް ބައިއަތު ހިފާނެ
ރައްޔިތުންގެ މަޖިލީހަށް އިިދިކޮޅު ފަރާތްތަކުން ވަންނާނީ ފުރިހަމަ އަޣުލަބިއްޔަތާއިއެކު: އިބޫ
ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދޭ

ރައްޔިތުންގެ މަޖިލީހުގެ އިތުރު 15 މެމްބަރުން ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާއި ގުޅި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ބައިޢަތު ހިފާނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 15 މެމްބަރުން އިބޫއަށް ބައިޢަތު ހިފާކަން އެނގިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕްރެޝަރަށް އަރާވަޑައިގެން ބޭސް ފަރިއްކުޅުއްވާ ދަރަޖައަށް ގޮސްފައިވާކަމަށެވެ. އަދި ރައީސް ޔަމީން ކިތަންމެ ކޯފާ އިސްކުރެއްވިޔަސް އިތުރު 15 މެމްބަރުން އިބޫއަށް ބައިއަތު ހިފާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިތުރު 15 މެމްބަރަކު އިދިކޮޅު ފަރާތްތަކާއި ގުޅޭނެކަން މުސްތަފާ ހާމަކުރައްވާފައި މިވަނީ ރިޔާސީ އިންތިޚާބަށްފަހު ރައްޔިތުންގެ މަޖިލީހަށް އިިދިކޮޅު ފަރާތްތަކުން ވަންނާނީ ފުރިހަމަ އަޣުލަބިއްޔަތާއި އެކުގައިކަމަށް އިދިކޮޅު ކެންޑިޑޭޓް އަދި ޖޮއިންޓް އޮޕޮޒިޝަން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އިއުލާންކުރައްވާފައި ވަނިކޮށެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން ފަށާނެކަން އިއުލާންކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ މިހާރުވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގައިކަަމަށާއި، މަޖިލިސް ހުޅުވުމާއިއެކު ބޮޑު މެޖޯރިޓީއަކާއެކު ޤާނޫނުތަކަށް ބަދަލު ގެންނަވާނެކަމަށެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް މިހާރުވެސް ވިއްސަށްވުރެ ގިނަ ޤާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އިބޫ ވިދާޅުވިއެވެ.

އިިދިކޮޅު ފަރާތްތަކާއި 15 މެމްބަރަކު އިތުރަށް ގުޅޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިއުލާންކުރެއްވިއިރު، މިހާރުވެސް ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވާ ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/އެމްޑިއޭ ކޯލިޝަނުން ކޮންޓްރޯލް ކުރަމުން ދަނިކޮށް، މިދިޔަ އަހަރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ސޮއެކުރުމާއިއެކު، ސަރުކާރަށް ވަނީ މެޖޯރިޓީ ގެއްލިފައެވެ. އެއާއިއެކު ޕީޕީއެމްގެ 12 މެމްބަރެއްގެ މަޖިލިސް ގޮނޑި ގެއްލިއްޖެކަމަށް ނިންމައި، އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ ގެއްލުވާލުމަށް ސަރުކާރުން މަސައްކަތް ކުރިއެވެ. އަދި މަޖިލީހަށް ހަތިޔާރާއި އެކު ސިފައިން ވައްދައި، ފާއިތުވި އަހަރަކަށްވުރެ ގިނަ ދުވަހު މަޖިލިސް އޮންނަނީ އަސްކަރިއްޔާއިން ހިސާރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް