ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 09:54
އިބޫ ރަށަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ
އިބޫ ރަށަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ނ،ރ އަތޮޅަށް އިބޫ ފުރާވަޑައިގެންފި
މި ދަތުރުގައި 19 ރަަށަކަށް ވަޑައިގަންނަވާނެ

ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ނ. އަދި ރ އަތޮޅަށް ކެމްޕެއިން ދަތުރެއްގައި ފުރާވަޑައިގެންފި އެވެ.

އިބޫގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ނ.އަތޮޅަށެވެ. އެގޮތުން ބުދަ ދުވަހު ނ.މަނަދޫ އާއި މަގޫދޫ އާއި ޅޮހީގެ އިތުރުން މިލަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައި އެވެ. އަދި މިލަދޫގައި މިރޭ ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބުރާސްފަތި ދުވަހު ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ރ.ހުޅުއްދުއްފާރާއި އަނގޮޅިތީމާއި ރަސްގަތީމާއި ވާދޫގެ އިތުރުން އަލިފުއްޓަށެވެ. ބުރާސްފަތި ދުވަހު އަނގޮޅިތީމުގައި ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހަމަ ޖެހިފައިވާއިރު އަލިފުށީގައި ކެމްޕެއިން ޖަލްސާއެއް ބާއްވަން ހަމަ ޖެހިފައިވެ އެވެ.  

ހުކުރު ދުވަހު އުނގޫފަރާއި އިނގުރައިދޫ އާއި ފައިނާއި ކިނޮޅޮހާއި ދުވާފަރަށެވެ. އަދި ހުކުރު ދުވަހު ފައިނާއި އިނގުރައިދޫ ކެމްޕެއިން ޖަގަހަ ހުޅުވުމަށެވެ.  

ހޮނިހިރު ދުވަހު އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާކުރަތާއި ރަސްމާދޫ އާއި އިންމާދޫ އާއި މަޑުއްވަރީ އާއި މީދޫ ވަޑައިގަންނަވާނެ އެވެ. އިބޫ މި 19 ރަށަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.       

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް