ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 01:14
ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މިދަތުރު ނިންމާލާނީ އިންސާފު ކަށަވަރުކޮށްދީފަ: ފައިސަލް
ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަން
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ނަމަކަށް
ފުވައްމުލަކު ރައްޔިތުން ހިމާޔަތް ކުރެވޭނީ ފުވައްމުލަކު ހިމާޔަތްކޮށްގެން

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ފަށާފައިވާ ދަތުރު ނިންމާލާނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްފަހުގައިކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށު، ހަދުވަލި ދަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރިވަނީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލް ކޮށް، ސަރުކާރުގެ އިސްވެރިންގެ އަމިއްލަ މަންފާ ހާސިލް ކުރައްވަން ކަމަށެވެ. ރައީސް މައުމޫނަން ޖަލު ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނަން އާއިލާއި އެކު އުފަލުގައި ދިރިއުޅެއްވޭނެ ގޮތް ހައްދަވާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވޭތެދިޔަ ދުވަސްތަކުގައި ކެމްޕެއިން ދަތުރުފުޅުގައި ޖުމްލަ 54 ރަށަކަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ދަތުރުތަކުން ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށެވެ.

އިންސާފު ހޯދާ ދިނުމަށް ދިވެހި ރައްޔިތުން އެދި ގޮވާއިރު، ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރާނީ އެކި ގޮތްތޮތުން ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލަން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން ރައްޔިތުންގެ މަޖިލީހަށް ނަޒަރު ހިންގާލިއަސް ހާމަވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުންނަށް އެ މެމްބަރުންގެ ދާއިރާތަށް ތަމްސީލް ނުކުރެއްވުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކުރައްވާ މަސައްކަތެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާއި ބިރުދައްކާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ގޮންޖެހުންތަކާއި އެކު އަމިއްލަ ނިންމެވުން ނިންމަވަން އެދޭ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތަށް ތާއިދުކޮށްގެން ވަޒީފާ ގެއްލިއްޖެ މުވައްޒިފަކަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ވަޒީފާ ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިންކަމުގައި ވިއަސް، އެ ދަރަޖަ ދީފާވަނީ ނަމެއްގައި ކަމަށެވެ. ސިޓީއަކުން ލިބެންޖެހޭ ޙިދުމަތްތަށް ފުވައްމުލަކު ރައްޔިތުންނަން ނުލިބޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ހައްލުކުރައްވާނެ ކަމަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން ސިޓީއަކުން ލިބެންޖެހޭ ޙިދުމަތް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުނާޑު އަވަށު ހަދުވަލި ދަނޑުގައި ބޭއްވި ޖަލްސާގައި އެ ސިޓީގެ އަށް އަވަށުގެ ގިނަ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް