ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 01:10
ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
މުހަންމަދު ވިސާމް
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި
ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެބައޮތް

ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީގެ ލޯނުގެ އެހީގެ ދަށުން ކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 180 ހާސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރަކަށް ދިވެހި ރުފިޔާ ހުށަހަޅަންޖެހެއެވެ. މިޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވުކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މީގެކުރިންވެސް ސަރުކާރުން ވަނީ ޢިއުލާންކޮށްފައެވެ. ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުން ދަނީ 800 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް