ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 18:18
ފޭދޫ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި
ފޭދޫ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި
ޓްވިޓަރ
އެމްޑީޕީ
ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅު ތެޔޮ ޖަހައިފި
ފޭދޫ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ

ށ. ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅު ތެޔޮ ޖަހައިފިއެވެ. 

އެމްޑީޕީން ބުނީ ފޭދޫ ޖަގަހަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި ކަމުގައެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯއިން ފެންނަނީ ފޭދޫ އެމްޑީޕީ ޖަގަހައިގެ ބޭރު ފާރަށް ކަޅުތެޔޮ ޖަހާފައިވާ ތަނެވެ.

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މީގެ ކުރިންވަނީ މާލޭގައި ހުންނަ އެމްޑީޕީގެ އޮފީހަށް އެތައް ފަހަރެއްގެ މަތިން ކަޅުތެޔޮ ޖަހާފައެވެ. 

އެމްޑީޕީ އާއި ކޯލިޝަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)، ހުޅުމާލޭގައި ޑޯޓުޑޯ ހަރަކާތް ކުރިއަށް ގެންދަވަނިކޮށް އެޕާޓީގެ އިސްވެރިންނާއި ސަޕޯޓަރުންގެ ގަޔަށްވެސް މީގެ ކުރިން ވަނީ ކަޅުތެޔޮ ޖަހާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
21 އޯގަސްޓް 2018 | އަންގާރަ 08:21
Mee
Sh.feydhoo