ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 09:30
އއ އަތޮޅު މާމިގިލިއަށް ފައިސަލް ނިމިދިޔަ މަސްތެރޭގައި ފުރާވަޑައިގަންނަވާނީ
އއ އަތޮޅު މާމިގިލިއަށް ފައިސަލް ނިމިދިޔަ މަސްތެރޭގައި ފުރާވަޑައިގަންނަވާނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ކެމްޕެއިން ދަތުރުފުޅެއްގައި ފައިސަލް ފުވައްމުލަކަށް
ފުވައްމުލަކުގައި ދޮރުން ދޮރުން ކެމްޕެއިން ކުރިއަށް ގެންދާނެ
މިއީ ދެ ދުވަހުގެ ދަތުރުފުޅެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ފުރާ ވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަށް ފައިސަލް ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ އަންނަ މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ފައިސަލް ފުވައްމުލަކަށް ވަޑައިގަންނަވާ ދެ ވަނަ ދަތުރުފުޅެއެވެ.

މި ދަތުރުފުޅުގައި ފުވައްމުލަކު ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވާއިރު، އެ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލުވުމުގެ ގޮތުން ދޮރުން ދޮރަން ހިންގަވާނެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ފައިސަލް ކަނޑައެޅުމާއި ގުޅިގެން އެމަނިކުފާން ފުވައްމުލަކަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ އިބޫ އާއިކުގައެވެ. ފައިސަލް އެ ދަތުރުގައި ފުވައްމުލަކަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް