ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 23:27
އެމްޑީޕީ ލީޑާޝިޕްގެ އިސް ބޭފުޅުންނާ އެކު ރައީސް ނަޝީދު
އެމްޑީޕީ ލީޑާޝިޕްގެ އިސް ބޭފުޅުންނާ އެކު ރައީސް ނަޝީދު
އޭޕީ
ރިޔާސީ އިންތިހާބު 2018
ރައީސް ނަޝީދު މަސަައްކަތް ކުރައްވަނީ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި: އިބޫ
ކެމްޕެއިންގައި އެންމެ ހަރަކާތްތެރީ ނަޝީދު: އިބޫ

ރައީސް މުހައްމަދު ނަޝީދާއެކު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، އެމަނިކުފާނު މަސައްކަތްކުރައްވަނީ "ކެމްޕޭން މެނޭޖަރެއް"ގެ ގޮތުގައިކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ނަޝީދު ހަރަކާތްތެރިވެވަޑައިގެންނެވި ކަން، "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހުކުރު ދުވަހު އިބޫ ވަނީ ވިދާޅުވެފައެވެ.

އިބޫ ވިދާޅުވެފައި ވަނީ ރިޔާސީ ކެމްޕޭންގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވާ އެއް ބޭފުޅަކީ ނަޝީދު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންގެ މެދުގައި ހަދާފައިވާ "ވަޓްސްއެޕް" ގްރޫޕްގައި އިބޫގެ ކެމްޕޭން މެނޭޖަރަކީ އެމަނިކުފާނު ކަމަށް އަމިއްލަފުޅަށް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެ މަގާމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ކަމަށް ނަޝީދު ވިދާޅުވި ކަމަށް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުގައި އިބޫ ވެސް ވިދާޅުވެފައިވެއެވެ.

އިބޫގެ ކެމްޕެއިން މެނޭޖަރުކަން ނަޝީދު ކުރައްވަމުން ގެންދަވާއިރު، އިބޫގެ އިންތިހާބީ އެޖެންޓަކީ މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިންއެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓު ތަމްސީލު ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެން ވަނީ ކެންޑިޑޭޓުގެ އެޖެންޓަށެވެ. ކެންޑިޑޭޓުގެ އިންތިހާބާ ގުޅޭ މާލީ ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން ރިޕޯޓު ކުރުމަކީ ގާނޫނުގެ ދަށުން އެ ކެންޑިޑޭޓަކު އައްޔަން ކުރައް ރަސްމީ އިންތިހާބީ އެޖެންޓުގެ ޒިންމާއެއް ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވެއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް