Advertisement
ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 02:24
ނަޝީ ކޭކު ޕްރޮމޯޝަންގެ ގުރުއަތު ނަގަނީ
ނަޝީ ކޭކު ޕްރޮމޯޝަންގެ ގުރުއަތު ނަގަނީ
ރާއްޖެއެމްވީ
ނަޝީ ކޭކު ގުރުނެގުން
ނަޝީ ކޭކުގެ ޕްރޮމޯޝަންގެ ނަސީބުވެރި ފާރާތްތައް ހޮވައިފި
ނަޝީ ކޭކުގެ 32 ވަނަ އަހަރީދުހުގައި ބޭއްވި ޕްރޮމޯޝަން

ނަޝީ ކޭކުގެ 32 ވަނަ އަހަރީ ދުހުގައި ބޭއްވި ޕްރޮމޯޝަންގެ ނަސީބު ވެރި ފަރާތްތައް ފޮވާއިފިއެވެ.

 

ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ކިވީބޭކާސް އިން ވިޔަފާރިކުރި ފަރާތަކުގެ މެދުގައި ނެގި މިގުރުއަތުލުމުގައި ވަނީ އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާލަފައެވެ. ވެޑިން ކޭކާއި ބާތުޑޭ ކޭކު ކިވީބޭކާސް އިން ގަތް ފަރާތަކުގެ ގުރުއަތުލުން ނަގާފައި ވަނީ ވަކިވަކިންނެވެ.

 

އެގޮތުން ވެޑިން ކޭކު ގަތް ފަރާތަކުގެ ތެރެއިން ގުރުއަތުން އެންވަނަ އަށް ދިޔަ ފަރާތަށް ވަނީ ނަޝީ ކޭކުގެ ފަރާތުން ދުބާއީގެ ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ އެކޮމަޑޭޝަން ވަނީ ހަމަޖައްސައިދީފައެވެ. ދެވަނަ އަށް ދިޔަ ފަރާތަށް 2،000ރ. އަށް ދޭ ހާއްސަ ކޭކެއް ދިނުމަށް ހަމަޖެހިފައި ވާއިރު ތިން ވަނަ އަށް ދިޔަ ފަރާތަށް 1،500ރ. ގެ ކޭކެއް ދިނުމަށް ވަނީ ނިންމާފައެވެ.

 

މީގެ އިތުރުން ބާތުޑޭ ކޭކު ގަތް ފަރާތުގެ ތެރެއިން އެއްވަނަ ދިޔަ ފަރާތަށް ބެންކޮކަށް ދެމީހުންގެ ޓިކެޓާ ހަތަރު ދުވަހުގެ އެކޮމަޑޭޝަން ހަޖަމައްސައިދިނުމަށް ވަނީ ނިންމާފާއެވެ. ވެޑިން ކޭކުން ދެވަނަ ތިންވަނަ އަށް ދިޔަ ފަރާތަކޭ އެއްގޮތަށް ބާތުޑޭ ކޭކުން ދެވަނަ އަށް ދިޔަ ފަރާތަށް ވެސް 2،000ރ. އަށް ދޭ ހާއްސަ ކޭކެއް ދިނުމަށް ހަމަޖެހިފައި ވާއިރު ތިން ވަނަ އަށް ދިޔަ ފަރާތަށް 1500ރ. ގެ ކޭކެއް ދިނުމަށް ވަނީ ނިންމާފައެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ނަޝީ ބުނީ ޕްރޮމޯޝަން ކުރިއަށް ދިޔަ އިރު އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި ވޭތެވެދިޔަ 2 މަހުގެ ތެރޭގައި 700 އަށް ވުރެ ގިނަ ކޭކު ވިކިފައިވާ ކަމަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި ވެސް މިފަދަ ތާފާތު ޕްރޮމޯޝަންތަށް ބާއްވާނެ ކަމަށް ނަޝީ ބުންޏެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް