ކ. މާލެ
|
28 ޖެނުއަރީ 2017 | ހޮނިހިރު 00:36
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދަނީ
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދަނީ
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
ޕީޕީއެމްގެ ޕްރިމަރީގެ ވޯޓުލުން 34 ރަށެއްގައި ކުރިއަށްގެންގޮސްފައިވެ
ދާއިމީ ނަތީޖާ އިއުލާންކުރަނީ ދެ ދުވަސް ފަހުން

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި އެވެ.

 

ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު، 2:00 އިން ފެށިގެން 6:00 އަށެވެ. ޕީޕީއެމްގެ ޕްރިމަރީގެ ވޯޓުލުން 34 ރަށެއްގައި ކުރިއަށްގެންގޮސްފައި ވެއެވެ. ޕީޕީއެމްގެ ބުނީ ޕްރިމަރީގައި ވޯޓުލާފައިވަނީ ޑިސެމްބަރު 15ގެ ނިލަށް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުން ކަމަށެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ފެކްޝަންގެ އިންތިޚާބީ ކޮމެޓީގެ ނައިބް މުޤައްރިރު ވިދާޅުވީ، ޝަޒައިލް ޝިޔާމް ވިދާޅުވީ ޕްރައިމަރީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ޕްރައިމަރީގައި 90 އިންސައްތަ ވޯޓުލުމަށް ނިކުމެފައިވާ ކަމަށް ޝަޒައިލް ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ ޕްރަިއމަރީގެ ވަގުތީ ނަތީޖާ އިއުލާންކުރަމުންގެންދާއިރު، ދާއިމީ ނަތީޖާ އިއުލާންކުރެވޭނީ ދެ ދުވަހެއް ފަހުން ކަމަށެވެ. އަދި ދާއިމީ ނަތީޖާ އިއުލާންކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝަޒައިލް ވިދާޅުވި އެވެ.

 

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ޕްރައިމެރި ބޭއްވިއިރު، ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ ފެކެޝަނުން ވަނީ އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފަ އެވެ. އެގޮތުން ރައީސް މައުމޫނުގެ ފެކްޝަނުން ބުނެފަިއވަނީ އިންތިހާބު ބާއްވާފައިވަނީ އަސާސީ ގަވައިދާއި ހިލާފަށް ކަމަށެވެ.

 

- ކޮމެންޓް