ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 23:31
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ގޫގުލް
ޓޫރިޒަމް އިޝްތިހާރުކުރުން
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ހުށަހެޅުމުގެ ސުންގަޑި އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު 13:00 އަށް

ޢަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާރ 2017، 2018 އަދި 2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ހަ ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 14:30 އާ ދެމެދުގެ ވަގުތެއްގައި އެކޯޕަރޭޝަނުން 530 ޔޫއެސް ޑޮލަރަށް "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" (އާއެފްޕީ) ގަންނަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ފެބްރުއަރީ 27 ވަނަ ދުވަހުގެ 13:00 އަށް ކަމަށެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގަ ކަމަށާއި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންޖެހޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

 

 

- ކޮމެންޓް