Advertisement
ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 20:02
އޮމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އިހްތިޖާޖު ކުރުން
އޮމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އިހްތިޖާޖު ކުރުން
ރާއްޖެއެމްވީ
އޮމަދޫ
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން 30 އަށް ވުރެ ގިނަ މީހުން އިހްތިޖާޖު ކުރި
އިޚްތިޖާޖު ކޮށްފައިވަނީ ވައުދު ފުއްދަވައިދެއްވާފައި ނުވާތީ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އދ. އޮމަދުއަށް ވަޑައިގަތުމުން އޮމަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އިޚްތިޖާޖު ކޮށްފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ބުރާސްފަތި ދުހަވަހު މިނިސްޓަރ ތާރިގާއި މަޖިލިސް މެންބަރުންތެކެއް އޮމަދުއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އިޚްތިޖާޖުކޮށްފައިވަނީ އެދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މަޖިލިސް ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާފައި ނުވާތީ ކަމަށެވެ.

 

އެގޮތުން ނަރުދަމާގެ މަސައްކަތާއި، ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް އަދިވެސް ހއްލެއް ގެނެސްދެވިފައި ނުވާތީ ކަމަށް ކައުންސިލުން ބުންޏެވެ.

 

ރައްޔިތުންގެ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން 30 އަށް ވުރެ ގިނަ މީހުން ބަނަދަރު ސަރަހައްދަށް އެއްވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

 

މިނިސްޓަރ ތޯރިގް އެމީހުންނާ ބައްދަލުކޮށް އެމަސައްކަތް ކައިރި މުސްތަގްބަލެއްގައި ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

 

މި ދަތުރުގައި އޮމަދޫ ހިމެނޭ ދަނގެތީ ދައިރާގެ މެންބަރު އިލްހާމް އަހުމަދު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް