Advertisement
ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 20:35
އިރުޝާން: މަރުވެފައިވަނި މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް
އިރުޝާން: މަރުވެފައިވަނި މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް
ރާއްޖެއެމްވީ
އިރުޝާންގެ މަރު
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
އިރުޝާން މަރާލީ މިދިޔަ އަހަރުގެ ޖޫން މަހު ހިންގި މާރާމާރީއެއްގައި
ޖިނާދުގެ މައްޗަށް އުފުލީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއްކުރުމުގެ ކުށުގެ ދައުވާ

ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން މަރާލި މާރާމާރީގައި ބައިވެރިވި މީހަކު 27 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

 

އިރުޝާން މަރާލި މާރާމާރީގައި ބައިވެރިވެފައިވާކަން ސާބިތުވެ 27 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، މ. ޖެރޭނިއަމް، މުހައްމަދު ޖިނާދުގެ މައްޗަށެވެ. މުހައްމަދު ޖިނާދު ޖަލަށް ލުމަށް އަންގާރަ ދުވަހު ހުކުމް ކުރީ، އާއްމު މަސްލަހަރަށް ގެއްލުން ހުރި އަމަލެއްކުރުމުގެ ކުށުގެ ދައުވާގަ އެވެ.

 

ޖިނާދުގެ މައްޗަށް ހިންގު ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އެވެ.

 

އުމުރުން 14 އަހަރުގެ އިރުޝާން މަރާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު ހިންގި މާރާމާރީއެއްގަ އެވެ. އިރުޝާން މަރުވީ އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

 

އިރުޝާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް