ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 17:22
އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
ފޭސްބުކް
އޮޑިޓަރ ޖެނަރަލް އޮފީސް
އޮޑިޓަރ ޖެނަރަލް އޮފީހުގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި
ނިމިގެން ދިޔަ ހަފްތާތެރޭގައި އާންމުން އޮޅުންއަރާ ގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައި
އޮޑިޓަރ ޖެނަރަލް އެއޮފީހުގެ މަސައްކަތާއިގުޅޭ ޚަބަރަށް ބޭނުންވާ މައުލޫމާތު ލިބޭނެ

އޮޑިޓަރ ޖެނަރަލް އޮފީހުގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެއްވެސް މީޑިއާއަކުން ޚަބަރު ނުފެތުރުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

އޮޑިޓަރ ޖެނަރަލް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިނިމިގެން ދިޔަ ހަފްތާތެރޭގައި އާންމުން އޮޅުންއަރާ ގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާ ކަމަށާއި، ހަގީގަތާއި ހިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޮޑިޓަރ ޖެނަރަލް އޮފީހުން ބުނީ އެއޮފީހުގެ މަސައްކަތާއިގުޅޭ ޚަބަރަށް ބޭނުންވާ މައުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށާއި، ވަކި ކަމަކަށް ޚާއްސަ މައުލޫމާތެއް ބޭނުންވާނަމަ އެކަންވެސް އޮންނަ އުސޫލުގެ ތެރެއިން އޮޑިޓަރ ޖެނަރަލްގެ އޮފީހުގައި އެދުމުން އެމައުލޫމާތު ވެސް ފޯރުކޮށްދޭކަމަށެވެ.

އެހެންކަމުން އޮޑިޓަރ ޖެނަރަލް އޮފީހުގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް