ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 17:30
މިއަދުގެ ހުކުރު ޚުތުބާ އިއްވީ ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް
މިއަދުގެ ހުކުރު ޚުތުބާ އިއްވީ ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް
ގޫގުލް
ހުކުރު ހުތުބާ
ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށި ބަދަލު ކުރުމަށް ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރަންޖެހޭ: ޚުތުބާ
އީމާންކަން ބަލިކަށިވެފައިވާ މިޒަމާނުގައި މާތްﷲ އަށް ވަކީލުކުރުމާއެކު އިމާންކަން ހަރުދަނާ ކުރަން ޖެހޭ
ރީތި އަޚްލާގު ބަލައިގަނެވޭ މިންގަނޑުތައް ބަދަލުވެފައި
ރިޒްގާ މެދު ފިކުރު ބޮޑުވާން ނުޖެހޭނެ، ރިޒުގުދެއްވާ ފަރާތަކީ މާތްﷲ

ރީތި އަޚްލާގު ބަލައިގަނެވޭ މިންގަނޑުތައް ބަދަލުވެ އިޖުތިމާއީ ބަލިތަކާއި ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށިން، ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޙައްޖާ ގުޅިފައިވާ ކަންކަމުން ފިލާވަޅު ލިބިގަނެ އީމާންކަން ބަލިކަށިވެފައިވާ މިޒަމާނުގައި މާތްﷲ އަށް ވަކީލުކުރުމާއެކު އީމާންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ރީތި އަޚްލާގު ބަލައިގަނެވޭ މިންގަނޑުތައް ބަދަލުވެފައިވާ ކަމަށާއި، އިޖުތިމާއީ ބަލިތަކާއި ނަފްސާނީ ބަލިތައް ފެތުރިފައިވާ ވެއްޓެއްގައި މިފަދަ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް ނަފްސުތައް ހެޔޮމަގަށް އަޅުވަންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ނުގުޑާފަދަ އަޒުމާއެކު ހައްގު ގޮތުގައި މާތްﷲއަށް ވަކީލުކުރާ ނަމަ އެމީހެއްގެ އެންމެހާ ކަންތައްތައް ހެޔޮކުރައްވާނެ ކަމަށެވެ. ވަކީލުކުރުމުން މިހާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިޒްގާ މެދު ފިކުރު ބޮޑުވާން ނުޖެހޭ ކަމަށާއި ރިޒުގުދެއްވާ ފަރާތަކީ މާތްﷲ ކަމަށެވެ.

އެކަނލާގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގެވޭ "އޭ މީސްތަކުންނޭވެ! ﷲ ތިޔަބައިމީޙުންނަށް ދެއްވި ނިއުމަތް ހަނދުމަކުރާށެވެ! ﷲ މެނުވީ ތަކެތި ހައްދަވާ އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގުދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފެހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދަ އަކުން ހެއްޔެވެ؟"

ހުކުރު ޚުތުބާގައި ބުނީ މާތްﷲއަށް ވަކީލު ކުރުމަކީ ހުރިހާ ކަމެއްގައި މާތްﷲއަށް ބަރޯސާވެ އިތުބާރު ކުރުމެވެ. އަދި އެދޭކަންކަން ފުއްދަވައިދެއްވާ ފަރާތަކީ މާތްﷲ ކަމާއި ކަންކަން ހާސިލު ކޮށްދެއްވާނީ ވެސް އެކަލާނގެކަން ހިތުގައި ކަށަވަރުކުރުމެވެ. އެއީ އެކަންކަން ހޯދައިގަތުމަށް ތިމާކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކުގައެވެ. ސަބަބުތަކައި ހިފައިގެންނެވެ. އަދި އަޅުތަކުންނަކީ އެއްވެސް އާރެއް ބާރެއް ނެތްބައެއްކަން ގަބޫލުކޮށްގެންނެވެ. މާތް ﷲ އަކީ ހުރިހާ ކަމެއް ކުރެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަލާނގެއަށްވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް