ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 11:52
ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރ ރަސްމީކޮށް ހުޅުވަނީ
ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރ ރަސްމީކޮށް ހުޅުވަނީ
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކީ ގައުމެއް ބިނާކުރުމަށް އެންމެ ބޭނުންތެރި މަސައްކަތް: ނަޝީދު
ނަޝީދު ވަނީ ޖޭޕީގެ އަހަރު ދުވަހު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަރުހަބާ ދަންނަވާފައި
އެޕާޓީން ވަނީ ހުކުރު ދުވަހުގެ ފަތިހު 5:30 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައި

ސިޔާސީ ޕާޓީތަކުން އިންތިޒާމް ވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކީ ގައުމެއް ބިނާކުރުމުގެ އެންމެ ބޭނުންތެރި މަސައްކަތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓީވީޓްގައި ރައީސް ނަޝީދު ވަނީ ޖޭޕީގެ އަހަރީ ދުވަހު އެޕާޓީގެ ބާނީ ގާސިމް އިބްރާހިމަށާއި ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

 

 

ޖޭޕީގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕާޓީން ވަނީ ހުކުރު ދުވަހުގެ ފަތިހު 5:30 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. 

ޖޭޕީގެ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު އެޕާޓީގެ ބާނީ ގާސިމް އިބްރާހިމް ގެންދަވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ އިތުރުން ވެސް ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންތަކަކަށް ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން ޖެހިވަޑައިގެންފައެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ކައުންސިލް މެންބަރު ސޮބާހް ރަޝީދާއި މިހާރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު ވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައެވެ. އެ ބޭފުޅުން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭ ޑޭގެ މުޒާހަރާއާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރަން ފެށުމާ އެކުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް