ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 19:04
ޕީޕީއެމްގެ ނާއިބު ރައީސް އަބުދުއްރަހީމް އަބުދުﷲ
ޕީޕީއެމްގެ ނާއިބު ރައީސް އަބުދުއްރަހީމް އަބުދުﷲ
ރައީސް އޮފީސް
ރިޔާސި އިންތިޚާބު 2018
އިދިކޮޅުން 17000 ފޯމެއް ނުވައްދާ، އިލެކްޝަނުން ބުނީ 10000 ފޯމް ކަމަށް: އަދުރޭ
ރައީސް ޔާމީނު އިންތިޚާބުގައި ވާދަކުރައްވާނެ

ޕީޕީއެމުން ރެޖިސްޓްރީކުރާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް 17000 ފޯމު ހުށައެޅި ކަމަށް ދެކެވޭ ވާހަކައަކީ ވެސް ދޮގެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އެޕާޓީން ފުރާ ފޯމްތައް ލަސްވަނީ ފޯމްތައް ރަނގަޅަށް ވެރިފައި ކުރާތީ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މި ބުނަނީ އިލެކްޝަނަސް ވެއްދި 24000 ފޯމުގެ ތެރެއިން 17000 ފޯމަކީ ތިމަންމެން ވެއްދި ފޯމޭ. މިއަދުގެ ވަގުތެއްގައި އީސީންގެ ރައީސް އެބައޮތް ވިދާޅުވެފައި އެބޭފުޅުން ވެއްދި ފޯމުގެ އަދަދު އަދި ދިހަހާހަށް ވެސް ނާރާ ކަމަށް. އަޅުގަނޑުމެން ގަބޫލް މިކުރަނީ އިލެކްޝަނުން ދައްކާ ވާހަކަ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަން މައްސަލައިގައި ފުލުހުންނާއި ސިފައިންގެ އަގުވައްޓާލުމަށް އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން ފުރާ މޯމްތައް ރަޖިސްޓްރީ ވުން ލަސްވަމުންދާ ދިއުމާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ، ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ފޯމްތައް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ފޮނުވާ ކަމަށާއި، އެފޯމްތައް ވެރިފައިކޮށް އިލެކްޝަނަށް ބަރާބަރަށް ހުށަހަޅަމުންދާ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާތީ ބައެއް ފަރާތްތަކުން އެމަނިކުފާނު މި އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކައަކީ ދޮގެއް ކަމަށާއި، އޮގަސްޓް 10 ގެ ކުރިން ކެންޑިޑެސީ ހުށައަޅުއްވައި މި އިންތިޚާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ފާރާތްތަކަށް ވެސް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރަންތޯ ކުރި ސުވާލަށް ޖަވާބުދެއވަމުން އަދުރޭ ވިދާޅުވީ، ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް އޮންނަންޖެހޭނެ ކަމަށާއި، އެހެން ކެންޑިޑޭޓުންނަށް ވެސް ދައުލަތުން ސެކިއުރިޓީ ގާއިމްކޮށްދޭނެ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ވުރެ ގާބިލް ބޭފުޅަކު މި އިންތިޚާބު ވާދަނުކުރައްވާނެ ކަމަށާއި، ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނީ ބޮޑު ތަފާތަކުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޯގަސްޓް 2018 | ހުކުރު 10:23
Ahmed
yaameena thaaeethu nekkaan varah haama koiy feney nointhoa migaumun nufeney the yaameena thaaedh kuraameehe yamin faraathun jeebu bodu koggen thibi six varah meehun dhen e meehungedhatin abin enimunee