ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 18:07
ގުޅިފައިވާ ޕާޓީތަކުން ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކުރަނީ
ގުޅިފައިވާ ޕާޓީތަކުން ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކުރަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓުލުމުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކުރާ ކަންކަން އެޗްއާރީސީއެމްއާ ހިއްސާކޮށްފި
އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން މޮނިޓާކުރުމަށް ފަހު ޕާޓީތަކަށް އަންގާނެ ކަމަށް ބުނި
އިންތިހާބު މޮނީޓަރ ކުރުމަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަން ހަމަޖެހިފައިވޭ
ރައްޔިތުންނަން ވޯޓުލުމުގެ ޙައްގު ހޯދައިދޭން ފާޅުގައި މަސައްކަތްކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން އުންމީދުކުރޭ

ވޯޓުލުމުގެ ޙައްގަން އުނިކަން ލިބޭ ގޮތަށް ސަރުކާރުންނާއި އިލެކްޝަން ކޮމިޝަންގެ އަމަލުތަށް ބަހައްޓާ ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ހިއުމަންރައިޓް ސްކޮމިޝަންގެ ރައީސާ، އައިމިނަތު އީނާޝް ބައިވެރިވަޑައިގެންނެވިރު، ގުޅިފައިވާ ޕާޓީތަކުން ވަނީ ވޯޓުލުމުގެ ޙައްގަށް އުނިކަން ލިބޭ ގޮތަށް ކުރާ ކަންކަން ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިނަން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު، އަލީ ނިޔާޒު ވިދާޅުވީ އެޗްއާރުސީއެމް އިން މިހާރު ވެސް އިންތިހާބުގެ ކަންކަން މޮނިޓަރ ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ އެޗްއާރްސީއެމް އިން މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބާއެއްތޯ ނުވަތަ ނޫންތޯ ޕާޓީތަކާ ހިއްސާކުރައްވާނެ ކަމަށެވެ. ވޯޓުލުމުގެ ޙައްގަން އުނިކަން ލިބޭ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށާއި، ވޯޓުލުމުގެ ޙައްގު ހޯދައިދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގުޅިފައިވާ ޕާޓީތަކުން ކުރާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ބައްދަލުވުމަށް ފަހު ނިޔާޒް ނޫސްވެރިނަން މައުލޫމާތު ދެއްވަނީ

އަދަލާތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށައެޅި ކަންބޮޑުވުންތަކަކީ ޙަގީގަތެއް ކަން ހާމަވެގެންދާ ދުވަހު އެޗްއާރުސީއެމުން ގުޅިފައިވާ ޕާޓީތަކާ އެކު ރައްޔިތުންގެ ޙައްގުގައި ވަކާލަތު ކުރަން ތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ދުވަހުކުން ވޯޓުލުމުގެ ޙައްގަން އުނިކަން ލިބޭ ގޮތަށް ކުރާ ކަންކަމުގެ ވާހަކަ އެޗްއާރުސީއެމުން ދައްކާނެ ކަމަށާއި، އެ ކަމުގެ ޙެކިވެރިއެއްގެ ގޮތުގައި ވުމަށް އެދޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު މިހާރު ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވީ އެ ބައްދަލުވުމުގައި އެޗްއާރުސީއެމުން ރައްޔިތުނަން މައުލޫމާތު ދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. މިހާރު ވެސް އެކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިތުރަށް ރައްޔިތުންނަން އަންގަންޖެހޭ ކަންކަން އެބަހުރި ކަމަށް ނާދިރާ ވިދާޅުވިއެވެ.

ދައުލަތުގެ ވަސީލަތްތައް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަން ބޭނުންކުރާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ. އަދި ސިވިލް ސާވިސްގެ މުވައްޒިފުންނަން މަޖުބޫރުކޮށްގެން މިހާތަނަން ފުރާފައިވާ ފޯމްތައް އިލެކްޝަން ކޮމިޝަނަން ހުށައަޅާފައިނުވާ ކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.

 

ގުޅިފައިވާ ޕާޓީތަކުން ހިއުމަން ރައިޓްސް ކޮމިޝަނަން ހާޒިރުވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މިހާތަނަން އައިރު ވެސް ވޯޓުލުމުގެ ޙައްގު ގެއްލޭ ފަދަ އެތައް ކަމެއް ސަރުކާރުން ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެކަމުގެ ވާހަކަ ދައްކާފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ.

ވޯޓުލުމުގެ ޙައްގަން އުނިކަން ލިބޭ ގޮތަށް ކުރާ ކަންކަމުގެ ވާހަކަ، ކަމާ ބެހޭ މުވައްސަސާތަކަށް ހިއްސާކުރަމުންދާއިރު، މި ހަފްތާގެ ތެރޭގައި ސިވިލްސާވިސް ކޮމިޝަނާ ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އޯގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 18000 ފޯމް ރީރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަން ހުށައަޅާފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް