ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 11:37
ރައީސް ނަޝީދު: 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ
ރައީސް ނަޝީދު: 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ
ރާއްޖެ އެމްވީ
ރައީސް ނަޝީދު
12 މެމްބަރުންނަށް ހުރަސްއެޅުމަކީ ޤާނޫނު އަސާސީ ހިންގުމަށް ހުރަސްއެޅުން:ރައީސް ނަޝީދު
12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ
ކޮންމެ ދުވަހަކުވެސް އެ 12 މެމްބަރުން މަޖިލީހަށް ވަޑައިގަތުމަކީ އެބޭފުޅުން އެ މަޤާމަށް އިންތިޚާބު ކުރި ސަބަބު
ބުދަދުވަހުވެސް ވަނީ އެމެމްބަރުން މަޖިލީހަށް ވަޑައިގަތުމުން ހުރަސްއަޅައިފައި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ހުރަސްއެޅުމަކީ ޤާނޫން އަސާސީ ހިންގުމަށް ހުރަސްއެޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށާއި އެމެމްބަރުން މަޖިލީހަށް ވަޑައިގަތަ ނުދީ ހުރަސް އެޅުމަކީ ޤާނޫނު އަސާސީ ހިންގުމަށް ހުރަސްއެޅުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު ވެސް،  މާދަމާވެސް އަދި ކޮންމެ ދުވަހަކު ވެސް އެ 12 މެމްބަރުން މަޖިލީހަށް ވަޑައިގަތުމަކީ އެބޭފުޅުން އެ މަޤާމަށް އިންތިޚާބު ކުރި ސަބަބު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަކަށް ސުޕްރީމް ކޯޓުން މިހާތަނަކަށް ސާފު ހުކުމެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ބުދަދުވަހު ވެސް ވަނީ އެމެމްބަރުން މަޖިލީހަށް ވަޑައިގަތުމުން ހުރަސްއަޅައި މަޖިލީހަށް ވަނަނުދީ ފޮނުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް