ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 00:00
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ
މުހައްމަދު ޝަރުހާން
ރައީސް އޮފީސް
އީދު ޗުއްޓީއަށް އޮގަސްޓް 19 ވަނަ ދުވަސް ބަންދުކުރަން ނިންމައިފި
އީދު ޗުއްޓީއަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި އޮގަސްޓުމަހުގެ 26 ވާ އާދީއްތަ ދުވަހު

ކަލަންޑަރުގައިވާ ގޮތަށް މި އަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސް އޮގަސްޓު 12 ވާ އާދީއްތަ ދުވަހަށް ވެއްޖެނަމަ، އޮގަސްޓު 19 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ، އޮގަސްޓު 19 ވަނަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެނަމަ، އަޟްހާ އީދާ ގުޅިގެން ޗުއްޓީގައްޔާއި އެނޫން އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިކަމެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި މެދުކެނޑުމެއްނެތި ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭނޭގޮތް ހަމަޖައްސައި ދިނުމުގެ މަގުސަދުގައި ކަމަށް މުއާޒު ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އަޟްހާ އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި އޮގަސްޓުމަހުގެ 26 ވާ އާދީއްތަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް