ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 19:49
ރާއްޖެއެމްވީ
މީޑިއާނެޓް
މީޑިއާނެޓް ފެމިލީ ޕެކޭޖަށް ކުޑަކުދިންނަށް ޚާއްސަ އެޑްއޮންއެއް އިތުރު ކޮށްފި!
މި އިތުރުކުރި ޗެނަލް އިން ކުޑަކުދިންގެ މެދުގައި މަގުބޫލް އެތައް ކާޓޫން ސީރީޒްތައް ފެންނާނެ

މީޑިއާނެޓްގެ ފެމިލީ ޕެކޭޖަށް ކުޑަކުދިންނަށް ޚާއްސަކޮށް "ޑްރީމްވާކްސް" ގެ ނަމުގައި އެޑްއޮންއެއް އިތުރުކޮށްފިއެވެ.

ޑްރީމްވާކްސް ޗެނަލް ލޯންޗްކޮށްފައިވަނީ މީޑިއާނެޓްސޭލްސް ސެންޓަރުގައި ކުޑަކުދިން ބައިވެރިކޮށްގެން  ބޭއްވި ކުޑަ ހަފްލާއެއްގައެވެ. އެޗްޑީކޮށް ފެންނާނެހެން ފެމިލީޕެކޭޖަށް މި އިތުރުކުރި ޗެނަލް އިން ކުޑަކުދިންގެ މެދުގައި މަގުބޫލް އެތައް ކާޓޫން ސީރީޒްތައް ފެނިގެންދާނެއެެވެ. އެގޮތުން "އޯލް ހެއިލް ކިންގް ޖޫލިއަން، މަޑަގަސްކަރަ، ޓްރޯލްސް ވެސް މި ޗެނަލްގައި ހިމެނެއެވެ.

"ފެމިލީއެއްކޮށް ތިބެ ބަލާލަން ވަރަށް ކަމުދާނެ ބައިވަރު ކާޓޫން ސީރީޒްތައް ހުންނާނެ މި ޗެލްގައި" މީޑިއާނެޓުން ބުންޏެވެ.

ޑްރީމްވަކްސް އެޗްޑީ ޗެނަލް މީޑިއާނެޓް ޕްލެޓްފޯމްގެ ޗެނަލް ނަންބަރު 838 އިން ލިބޭއިރު، މި ޗެނަލުން ފެމިލީ ޕެކޭޖަށް އިތުރު ފުރިހަމަ ކަމެއް ލިބި، އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ލަފާކުރެއެވެ.

މީޑިއާނެޓަށް ޑްރީމްވަރކްސްގެ އެޗްޑީ ޗެނަލް އިތުރުކޮށްފައިވާއިރު، ޑްރީމްވަރކްސްއަކީ ދިވެހިންގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކާޓޫނުތައް އުފައްދާފައިވާ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް