ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 19:10
ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ބުނެ ކޮންސިއުލޭޓުން ޓްވީޓްކުރި ފޮޓޯއެއް
ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ބުނެ ކޮންސިއުލޭޓުން ޓްވީޓްކުރި ފޮޓޯއެއް
ފޮރިން މިނިސްޓްރީ
ކެރެލާއަށް ކުރަމުންދާ ވިއްސާރަ
ވިއްސާރައިގެ ސަބަބުން ކެރެލާގައި ދިރިއުޅޭ ބައެއް ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިން: ކޮންސިއުލޭޓް
މީހުން ރައްކާތެރި ހިސާބުތަކަށް ގެންދާހާ ވިއްސާރާއެއް ނޫން
އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައެއް ނުވޭ
ކޮންސިއުލޭޓްގެ ބޭފުޅުން އުޅުއްވަނީ ޕީޕީއެމްގެ ބޭފުޅުންނާއިއެކު ކެމްޕޭންގައި

އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެދޮރަށް ގެއްލުންވުމުގެ ސަބަބުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ބައެއް ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނެފިއެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ބުނީ ފެނުގެ އަސަރު ކޮށްފައިވާ ދިވެހިންގެ ގެތަކަށް ކޮންސިއުލޭޓުން ޒިޔާރަތްކޮށް، ދިވެހިންގެ ހާލު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ފެނުގެ އަސަރު ބޮޑަށް ކޮށްފައިވާ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި ހިސާބުތަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ކޮންސިއުލޭޓުން ބުނެއެވެ. އެހެން ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައިނުވާއިރު، ދިވެހިން ދިރުއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނޭނގެއެވެ. 

ޓްރިވެންޑްރަމް ހިމެނޭ ކެރެލާ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ޑޭމެއް ބަންޑުން ވެދާނެކަމުގެ އިންޒާރު ކެރެލާގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ދީފައެވެ. އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ފާއިތުވި ދެތިން ދުވަހު ބޯކޮށް ވާރޭ ވެހުނު ނަމަވެސް، މިއަދުން ފެށިގެން މޫސުން ރަނގަޅުވާނެއެވެ.

ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ކޮންސިއުލޭޓުން ބުނި ނަމަވެސް، ވިއްސާރައިގެ ސަބަބުން މާ ގިނަ ދިވެހިންނަށް އަސަރު ނުކުރާކަމަށް ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިން ބުނެއެވެ. އަދި ކޮންސިއުލޭޓުން މަސައްކަތް ކުރަނީ ކުޑަކަމެއް ބޮޑުކަމެއްގެ ގޮތުގައި ހަދައި، ކޮންސިއުލޭޓާއި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާއި ގުޅުން ރަނގަޅުކަން ދައްކަން ކަމަށް އެމީހުން ބުނެއެވެ. 

ވިއްސާރައިގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރިކަމަށް ކޮންސިއުލޭޓުން ބުނިއިރު، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޓްރިވެންޑްރަމްއަށް ވަޑައިގެން އުޅުއްވާތީ، ކޮންސިއުލޭޓްގެ ބޭފުޅުން އިއްޔެ ވެސް އުޅުއްވީ ކެމްޕޭނުގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް