ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 15:35
މާފުށި. ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ، ރެގިއުލޭޝަންސް އެންޑް ސާރވިސަސް އާއިބެހޭ ވާރކިން ގްރޫޕް މީޓިންގ ބާއްވަނީ މާފުށީގައި
މާފުށި. ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ، ރެގިއުލޭޝަންސް އެންޑް ސާރވިސަސް އާއިބެހޭ ވާރކިން ގްރޫޕް މީޓިންގ ބާއްވަނީ މާފުށީގައި
ގޫގުލް
ސައުތު އޭޝިއާ
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ ފަށައިފި
މި ޖަލްސާ ބާއްވަނީ އޮގަސްޓު 1 އިން 2 އަށް

ރާއްޖޭގައި ބޭއްވޭ ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ، ރެގިއުލޭޝަންސް އެންޑް ސާރވިސަސް އާއިބެހޭ ވާރކިން ގްރޫޕް މީޓިންގ، ބުދަ ދުވަހު ފެށިއްޖެއެވެ.

މިމަހުގެ 1 އިން 2 އަށް ރާއްޖޭގައި ބޭއްވޭ މި ޖަލްސާ ކުރިއަށް ދަނީ ކ. މާފުށީގައެވެ. މި ޖަލްސާ ފައްޓުވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ.

މި ޖަލްސާގައި ސައުތު އޭޝިއާ ސަރަހައްދުގެ އަށް ގައުމަކުން 16 މަންދޫބުން ބައިވެރިވެ ވަޑައިގަނެއެވެ. އެ އަށް ގައުމަކީ ރާއްޖޭގެ އިތުރުން އަފްޣާނިސްތާން، އީރާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ ރެގިއުލޭޝަންސް އެންޑް ސަރވިސަސްގެ މިއަހަރުގެ ވާރކިން ގުރޫޕް މީޓިންގައި މަޝްވަރާކުރަނީ ސައުތު އޭޝިއާގެ ގައުމުތަކުގައި ޓެލެކޮމިއުނިކޭޝަންގެ އާ ޚިދުމަތްތަކާއި ވަސީލަތްތައް ކުރިއެރުވުމާއި ބެހޭގޮތުންނެވެ. މި ޖަލްސާގައި ބައިވެރިވަނީ ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕާޓުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް